ކުއިކާ ބިޒްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި
ކުއިކާ ބިޒްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި

"ކުއިކާ ޕްރޯ" ގެ ނަމުގައި ކުއިކާ ބިޒްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ކުއިކާ ބިޒްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި
ކުއިކާ ބިޒްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި

މަޖީދީ މަގު އަގޯރާ ކުރިމަތީގައި ހުޅުވި މި ފިހާރަ އަކީ ކުއިކާ ބިޒްގެ ދެ ވަނަ ފިހާރަ އެވެ. އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުންނަނީ ޗާންދަނީ މަގުގަ އެވެ.

ކުއިކާ ޕްރޯއިން މޯބައިލް ފޯނާއި ގޭމު ކުޅުމަށް ބޭނުންވާ ސާމާނާއި ކޮމްޕިއުޓާ އެކްސަސަރީޒަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. ފިހާރަ އިން ވިއްކާ ހުރިހާ ތަކެއްޗަކީ ވެސް އަގުގެ ގޮތުންނާއި ކޮލިޓީގެ ގޮތުން ރަނގަޅު އުފެއްދުންތައް ކަމަށް އެ ފިހާރައިގެ މެނޭޖަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

މި ފިހާރަ އިން ލިބެން ހުންނަ ތަކެތި ސްކީމްގެ ދަށުން ވެސް ލިބެން ހުންނާނެ އެވެ. އެގޮތުން ބީއެމްއެލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީގެ ކްރެޑިޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ފޯނާއި ގޭމު ކުޅުމަށް ބޭނުންވާ ގެޖެޓް ގަނެވޭނެ އެވެ.

މީގެ އިތުރުން އެ ފިހާރައިން ގަންނަ ތަކެއްޗަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އެ ކުންފުނީގެ ފުރަތަމަ ފިހާރަ އަށް ޒިޔާރަތް ކުރުމުން ރިޕެއާގެ ހިދުމަތް ލިބޭނެ އެވެ.

ކުއިކާ ބިޒް އިން ރާއްޖޭގައި މޯބައިލް ފޯނު ވިއްކަމުން އަންނަތާ 10 އަހަރު ވެއްޖެ އެވެ. އޮންލައިންކޮށް ފެށި މި ވިޔަފާރިއާއެކު އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އަދިވެސް ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.