29 އޯގަސްޓް 2020 - 07:24

އަހަރެމެން ހީކުރީ 5ޖީ ނެޓްވޯކް ސްޕީޑް އެންމެ ބާރުވާނީ އެމެރިކާގައި ކަމަށެވެ. އެކަމަކު "އޯޕަންސިގްނަލް" އިން ބުނާ ގޮތުގައި އެމެރިކާ އުޅެނީ ވާދަވެރިންނަށް ވުރެ ފަހަތުގަ އެވެ. އޯޕަންސިގްނަލް އަކީ ނުފޫޒުން އެއްކިބާވެ އަމިއްލަ މިނިވަންކަމުގައި މޮބައިލް ނެޓްވޯކްތައް ހުރި ނެތް ގޮތް މިނާ ކުންފުންޏެކެވެ.
އެމެރިކާ ނޫން ގައުމެއް 5ޖީ ރޭހުގައި ކުރިއަރައި ދިޔަނުދިނުމަށް ކުރެވެން ހުރިހައި ކަމެއް އެމެރިކާ އިން އެބަ ކުރެ އެވެ. ގައުމުތަކަށް ބިރުދެއްކުން އަދި ޒުވާބުކުރުމަކީ ވެސް އިޚުތިޔާރީ ކުރިމަތިލުންތަކެވެ. ސިފައިންނާ ހަވާލުކޮށްގެން ވެސް މިކަން ހަމައަކަށް އަޅުވާނެ ކަމަށް އޮފިޝަލުން ބުނާތީ އިވެ އެވެ. ޓްވީޓްތަކުން ވެސް ފެނެ އެވެ.
އޯޕަންސިގްނަލް އިން އަޅާކިޔަން އިޚުތިޔާރުކުރި 5ޖީ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. ލިސްޓުގައި ލިބުނީ 11 ވަނަ އެވެ. އިނގިރޭސިވިލާތް އޮތީ 12 ވަނަ އަށެވެ. މިއީ ގައުމުތަކުގައި މީހުން 5ޖީ ނެޓްވޯކް ތަޖުރިބާކުރާ ފެންވަރު ބެލުމަށް ހެދި ޓެސްޓުން ދުނިޔޭގެ ބާރުތައް އެތުރިފައި ހުރި ގޮތެވެ.
ސައޫދީ އަރަބިއްޔާ އޮތީ އެންމެ ކުރީގަ އެވެ. 5ޖީ ނެޓްވޯކް ބޭނުންކުރާ މީހުންނަށް އެންމެ ދުވެލިބާރު އިންޓަނެޓް (ޑައުންލޯޑް ސްޕީޑް) ލިބެނީ ސައޫދީ އަރަބިއްޔާގަ އެވެ. ކެނެޑާ ލިސްޓްކޮށްފައި އޮތީ ދެ ވަނަ އަށެއެވެ. ސައުތު ކޮރެއާ އަށް ތިން ވަނަ އެވެ. ދެން ހުރި ގައުމުތައް ވެސް ތަރުތީބުން ލިސްޓްކޮށްލާނަމެވެ. ޓައިވާން، ނެދަލޭންޑްސް، ސްވިޓްޒަލޭންޑް، އޮސްޓްރޭލިއާ، ކޮންގްކޮންގް، ޖާމަން، ކުވައިތު، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.
އޯޕަންސިގްނަލް އިން ބުނާ ގޮތުގައި، 5ޖީ ޑައުންލޯޑް ސްޕީޑް މި ގޮތަށް ދައްކާފައި އެ ވަނީ، 5ޖީ ނެޓްވޯކް އެޅުމަށް ގައުމުތަކުން އިޚުތިޔާރުކުރި ގޮތުންނެވެ. 5ޖީ ނެޓްވޯކް އެޅުމުގައި ބައެއް ގައުމުތަކުން ބަލާފައި ވަނީ، އިންޓަނެޓް ސްޕީޑަށް ވުރެ ބޮޑަށް، ފުޅާ ސަރަހައްދަކަށް ޚިދުމަތް ދިނުމަށެވެ. އިންޓަނެޓް ސްޕީޑް ބާރުކުރެވެން ހުރި ގޮތް ބަލައިގެން 5ޖީ ޚިދުމަތްދޭން ފެށި ގައުމުތަކުގައި ހުރި ތަފާތު މި ފެންނަނީ އެވެ.
ދުނިޔޭގެ ބާރުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުން 5ޖީ ޚިދުމަތް ފަށައިގަތުމުން ބައެއް ގައުމުތަކަށް ލޮޅުންއެރި އެވެ. އެއުރެންނަށް ވުރެ އަވަހަށް ތިމަންމެން ކުރިއަރައި ދިއުމަށް ތެޅިފޮޅިގަތެވެ. އަވަސްއަރުވާލައިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ މި ވަގުތަށް ހުރި ގޮތް އޯޕަންސިގްނަލް އިން އެހެރީ ދައްކާފަ އެވެ. އަދި 5ޖީގެ ވާދަވެރިކަން މިހިސާބަކުން ނުނިމެ އެވެ.