މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އެ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް މިހާތަނަށް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް. ނަމަވެސް އެންޑީއެމުން އެހީވުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ކަމަށް ވިދާޅުވި. މި ދުވަސްވަރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް އެދިވަޑައިގަތީ އެ ސަރަހައްދުގައި މަންޒަރު ބަލަން ނުތިބެ އާއްމުން ގެއަށް ދިއުމަށް.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

ޑިޒާސްޓަ މެނޭޖްމަންޓުން ބުނީ އަލިފާން ރޯވި ސަރަހައްދުގައި ހުރި ގެތަކުގެ މީހުން އިވަކުއޭޓްކޮށްފައިވާ ކަމަށާއި އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދޭނެ ކަމަށް.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އަލިފާން ރޯވި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފި.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބައްލަވާލައްވަން ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ސަރަހައްދަށް ވަޑައިގެންފި. އަލިފާނުގެ ހާދިސާގައި އަސަރުކުރި އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ކަލާފާނު ސްކޫލްގައި ހަމަޖެއްސުމުގެ ތައްޔާރީތައް ޑިޒާސްޓަ މެނޭޖްމަންޓުން ކުރިއަށް އެބަގެންދޭ

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

ސިފައިން ބުނީ އެސްބީއައި އިމާރާތުގައި ވެސް އެއްވެސް މީހަކު ނެތް ކަމަށް. އަދި ކައިރީގައި ހުރި އެއްވެސް އިމާރާތެއްގައި ވެސް މީހަކު ނުހުންނާނެ ކަމަށް. އަދި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސިފައިން ބުނޭ.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އެމްއެންޑީއެފުން ބުނީ އެންމެ ފުރަތަމަ ރޯވީ ޖަލަޕީނޯ ހިންގި ކެފޭގައި. އޭގެ ފަހުން އެސްބީއައި ހުރި އިމާރާތުގައި. ސިފައިން މިރޭ ބޭނުންކޮށްފައި ވަނީ އެއްލީމަ އަލިފާން ނިއްވާލާ ވައްތަރުގެ އެއްޗެއް ކަމަށާއި އެންމެ މައްޗަށް ފޯމް ޖަހަން އުނދަގޫތަކެއް ހުރި ކަމަށް. އޭގެ އިތުރުން މިހާރު ބައެއް ފްލޯތަކަށް ސިފައިން ވަދެ އިންސްޕެކްޓް ކުރަމުން ގެންދާ ކަމަށް ވިދާޅުވި.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

މި ސަރަަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަޑައިގެން އެބަހުންނެވި. ޓީވީއެމަށް މިނިސްޓަރު ދެންމެ ވިދާޅުވީ އެ ބިލްޑިންގައި ރޯވުމާ ގުޅިގެން ދިމާވި މައްސަލައަކީ، އެ ބިލްޑިންގަށް ވަދެވޭނެ ގޮތެއް ނެތުން ކަމަށާއި އެހެންވެ ނިއްވުމުގެ މަސައްކަތް ކުޑަކޮށް ލަސްވި ކަމަށް. އެކަމަކު މިހާތަނަށ 85 ޕަސެންޓް ކޮންޓްރޯލްކޮށްފައިވާ ކަމަށް ވިދާޅުވި.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އެސްބީއައި އިން ބުނީ ފައިސާ އާއި ކަސްޓަމަރުންނާ ގުޅޭ އެއްވެސް ފްލޯއަަކަށް ގެއްލުމެއް ލިބިފައެއް ނެތް. އެހެންވެ ކުރިއެކޭ އެއްގޮތަށް އާދިއްތަ ދުވަހު ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނޭ. ގަދަގޭ ބިލްޑިންގުގައި އެސްބީއައި އިން ބޭނުން ކުރާ ފަސް ފްލޯ ހުރޭ. އޭގެ ތެރެއިން ކަސްޓަމަރުންގެ ބޭނުންތަކަށް ބޭނުންކުރާނީ އެންމެ ތިރީ ފްލޯ އާއި ދެވަނަ ބުރި އަދި ތިން ވަނަ ބުރި. މިއިން އެއްވެސް ފްލޯ އަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. އަލިފާނުގެ އަސަރު ކުރި ނަމަވެސް ޑިޒާސްޓާ ބެކަޕް ހުންނާނެ ކަމަށް އެ ބޭންކުން ބުނޭ.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި. އެކަމަކު ގަދަގޭ ބިލްޑިންގުގެ މަތީގައި ހިފާފައިވާ އަލިފާންގަނޑު އަދި މުޅިން ނިއްވައެއް ނުލެވޭ.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އަލިފާންގަނޑު ނިއްވުމަށް ޓަކައި އެމްއޭސީއެލްގެ ފަޔާ ފައިޓަރުންނާއި ރެސްކިޔު ޓީމު ވެސް، ފަޔާ ލޮރީއާ އެކު ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއޭސީއެލް އިން ބުނޭ.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

ގަދަގޭ ބިލްޑިންގުގައި ހިމެނެނީ އުރީދޫގެ އޮފީސްތަކާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ކުއްޔަށް ނަގާފައިވާ ފްލޯތަކެއް. އުރީދޫގެ ވަރަށް ގިނަ އޮފީސްތައް ވެސް ހިންގަނީ މި އިމާރާތުގައި.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އަލިފާން ރޯވެފައިވާ ގަދަގޭ ބިލްޑިންގުގެ އިތުރު ފްލޯތަކުގައި މިހާރު ވަނީ އަލިފާން ހިފައިފައި. އޭގެ ތެރޭގައި ނުވަ ވަނަ ބުރި އާއި އަށް ވަނަ ބުރި ހިމެނޭ.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އެސްބީއައި ހުރި އިމާރާތުގެ އެންމެ މަތީގައި ރޯވީ، ތަޖުރިބާކާރުން ބުނާ ގޮތުން އެ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ސްޓީލް ކްލެޑިންގެ ސަބަބުން. އެ ކްލެޑިންގައި ރޯވަމުން ރޯވަމުން ގޮސް އަލިފާންގަނޑު އެންމެ މަތީގައި ހިފައި، އެންމެ މަތީގައި ހުރި ޕެންޓްހައުސްގައި ހިފީ ކަމަށް ގަބޫލު ކުރެވޭ.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

ކެފޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލި ފަހުން، އެ ކެފޭގައި އަނެއްކާ ވެސް ރޯވެ އަނދަމުން އެބަދޭ. އެކަމަކު ދެ ބުރި އަށް ހަދާފައިވާ އެ ކެފޭ މިހާރު ވަނީ އަނދައި ހުލިވެފައި.

މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް

އެސްބީއައި އާއި އޫރީދޫގެ އޮފީސްތަކެއް ހުރި ގަދަގޭ މުހަންމަދުފުުޅު ބިލްޑިން ހުރީ އިންޝުއާކޮށްފައި. އެންމެ މަތީގައި ހުރީ ޕެންޓްހައުސް. އެ އިމާރާތުގައި އެއްވެސް މީހަކު ނޫޅޭ ކަމަށްވޭ.

ފުރަތަމަ ރޯވީ ކެފޭގައި. އެއީ ކުރިން ޖަލަޕީނޯ ކެފޭ ހިންގި އިމާރާތް. އޭގެ ފަހުން އެ އިމާރާތާ ޖެހިގެން ހުރި 10 ބުރީގެ އެސްބީއައި އިމާރާތުގައި އަލިފާން ރޯވި ކަމަށް "މިހާރު"ގެ ނޫސްވެރިން ބުނޭ. އެ ސަރަހައްދުގައި ހިމެނޭ ހުރިހާ ގެއަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި. އެސްބީއައިގެ އިމާރާތުގައި ފުރަތަމަ ހިފާފައި ވަނީ އެންމެ މަތީގައި. އޭގެ ސަބަބެއް ކަމަށް ބުނަނީ، އެ އިމާރާތުގެ ބޭރުގައި ޖަހާފައި ހުރި ދަގަނޑު އެއްޗެއްގެ ސަބަބުން.

"މިހާރު"ގެ ނޫސްވެރިން ބުނާ ގޮތުން ރޯވެފައި ވަނީ ދެ ބުރި އަށް ހަދާފައިވާ ކެފޭއެއްގައި. އެއީ އެނގިފައިވާ ގޮތުގައި މަޝްހޫރު ކެފޭ އިޓާލިއާނޯ ހިންގި އިމާރާތް. އެ އިމާރާތާ ޖެހިގެން ހުރީ އެސްބީއައި ހުންނަ އިމާރާތް. އެ އިމާރާތުގެ ވެސް އެންމެ މަތީގައި ވަނީ އަލިފާން ހިފާފައި.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުން ވަރަށް އުސްކޮށް ހަދާފައިވާ އިމާރާތުގެ ވަރަށް ގިނަ ފްލޯގައި އަލިފާން ވަނީ ރޯވެ، އިމާރާތުން ބޭރަށް އަލިފާންގަނޑު ވަނީ ނުކުމެފައި. ފެންނަ ވީޑިއޯތަކުން ދައްކަނީ ވަރަށް ގަދައަށ އަލިފާން ރޯވެފައިވާތަން.

އަލިފާން ރޯވެފައި ވަނީ، އާޓިފިޝަލް ބީޗް ކައިރީގައި ހުރި ބީއެމްއެލްގެ އޭޓީއެމްތައް ހުރި އިމާރާތާ އިންވެގެން ހުރި އިމާރާތުގައި. އެ ސަރަހައްދުން މީހުން ހުސްކުރަމުން އެބަ ދޭ.

މާލޭގެ އިމާރާތުގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އިމާރާތުގައި ހުޅު ހިފާފައި ވަނީ ވަރަށް ބޮޑަށެވެ. އެމްއެންޑީއެފުން އަންނަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.