މިއަދު 104 މީހަކު ޕޮޒިޓިވް، އަދިވެސް ގިނައީ ދިވެހިން
މިއަދު 104 މީހަކު ޕޮޒިޓިވް، އަދިވެސް ގިނައީ ދިވެހިން

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން 104 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 76 މީހުންނަކީ ދިވެހިން ކަމަށާއި އަދި ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ފަސް މީހެއްގެ އިތުރުން ނޭޕާލްގެ މީހަކު ވެސް ހިމެނޭ ކަމަށެވެ. މީގެ ތެރެއިން ދެ މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި ދެ މީހުންނެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 7،300 އަށް އަރާފައިވާއިރު، މިހާރު ފަރުވާ ދެމުންދަނީ 2،610 މީހަކަށެވެ. ބާކީ 4،600 މީހުން މިހާރު ވަނީ ރަނގަޅުވެފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،434 މީހަކު ތިބިއިރު ހޮސްޕިޓަލްތަކުގައި 180 މީހަކު އެބަ ތިއްބެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށައި، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފަ އެވެ. އެ ބަލީގައި ރާއްޖެއިން މަރުވީ 28 މީހެކެވެ.