ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރެނީ
ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރެނީ

މެޑްރިޑް (އޮގަސްޓް 26) - ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރެނީ
ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރެނީ

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒް ކުރުމަށް ސިފައިން ނެރެން ނިންމީ ސްޕޭނުގައި ޕޮޒިޓިވް މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމުންނެވެ. ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ކޭސްތައް މަދު ކުރުމަށް ސަރަހައްދީ ސަރުކާރުތަކަށް އެހީވުމަށް 2،000 ވަރަކަށް ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަންޗޭޒް އިއްޔެ ވިދާޅުވީ ސްޕޭނުގައި ރޯގާގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައި ކަމަށާއި އެކަމަކު މާޗް މަހު މެދުތެރޭގައި އޮތް ހާލަތަށް އަދި ނުދާ ކަމަށެވެ. ވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމުން ސްޕޭނުން ވަނީ މާޗް މަހު ލޮކްޑައުނަކަށް ގޮސްފަ އެވެ.

"ވައިރަހުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންޓްރޯލް އަނެއްކާވެސް ގެއްލިގެންދާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ކޮންޓްރޯލް ނަގައި މި ކާވް ދެ ވަނަ ފަހަރަށް ތިރިކުރަން ޖެހޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ސްޕޭނުން މިހާތަނަށް ވަނީ 423,224 މީހުން ޕޮޒިޓިވްވެ 28,924 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 2،415 މީހުން ޕޮޒިޓިވްވެފަ އެވެ.