ސްވިޑަންގެ ގާތްގަނޑަކަށް 4،000 މީހުންނަށް ދިނީ ނުބައި ނަތީޖާއެއް
ސްވިޑަންގެ ގާތްގަނޑަކަށް 4،000 މީހުންނަށް ދިނީ ނުބައި ނަތީޖާއެއް

ސްޓޮކްހޯމް (އޮގަސްޓް 26) - ސްވިޑަންގް ގާތްގަނޑަކަށް 4،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބުނި ނަމަވެސް، އެއީ ގޯސް ނަތިޖާތަކެއް ކަމަށް ފަހުން ބުނެފި އެވެ.

ސްވިޑަންގެ ޕަބްލިކް ހެލްތު އެޖެންސީން ބުނީ ޕީސީއާރް ޓެސްޓް ކިޓްތަކުން 3،700 ނަތީޖާ ފޯލްސް ޕޮޒިޓިވް ކަމަށް ދައްކާފައި ވަނީ މިދިޔަ މާޗް މަހު ކަމަށެވެ.

"އާދައިގެ އަލާމާތްތައް ހުރި މީހުންނާއި އެއްވެސް އަލާމާތެއް ނެތް މީހުން ވެސް އޭރު ވަނީ ޕޮޒިޓިވް ކަމަށް ދައްކާފައި،" އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެޖެންސީން ބުނީ ފޯލްސް ޕޮޒިޓިވް ކަމަށް ދެއްކި އެންމެންނަށް މި ހަފުތާގައި ގުޅާނެ ކަމަށާ އަދި އެ ގައުމުގެ ނަމްބަރުތައް ވެސް އަލުން ހަމަޖައްސާނެ ކަމަށެވެ.

ސްވިޑަންގައި ހެދި ޓެސްޓްތަކުން ގޯސް ނަތީޖާތަކެއް ލިބިފައިވާ ކަމަށް ދައްކާފައި ވަނީ ދެ ލެބޯޓްރީއެއްގެ ކޮލިޓީ ޗެކްކުރުމުންނެވެ.

ޕަބްލިކް ހެލްތު އެޖެންސީން ބުނެފައި ވަނީ ގޯސް ނަތީޖާ ލިބުނު ކިޓްތައް ފޯރުކޮށްދީފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޖީއައި އިން ކަމަށެވެ. އަދި އެ ކިޓްތައް ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ފޮނުވާފައިވާ ކަމަށް ބުނެފައިވެ އެވެ. ސްވިޑަން އިން ބުނެފައި ވަނީ އެ މައްސަލަ މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ސަމާލު ކަމަށް ވެސް ގެނެސްފައި ކަމަށެވެ.

ބީޖީއައިގެ ކިޓްތަކުން ވައިރަސްގެ ވަރަށް ދަށް ލެވެލް އާއި ނެގެޓިވް ލެވެލް ދެނެގަތުމުގައި މައްސަލަ ޖެހި އެ ދެ ނަތީޖާ އޮޅޭ ކަމަށް ސްވިޑަން އިން ވަނީ ބުނެފަ އެވެ.