25 އޯގަސްޓް 2020 - 22:31

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 7،000 އިން މައްޗަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 109 މީހުންނަކީ ދިވެހިިން ކަމަށާއި އަދި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ އަށް މީހަކާއި މިސްރުގެ ދެ މީހަކާއި ނޭޕާލު މީހަކު ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އެހެންވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7،047 އަށް ވަނީ އަރައިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 4،400 މީހުން ރަނގަޅު ވެފައިވާތީ މިހާރު ފަރުވާ ދެމުންދަނީ 1،460 މީހުންނެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 28 މީހަކު މަރުވެފަ އެވެ.