ޒީޓީވީގެ ސިލްސިލާ "އިޝްގް ސުބާނަﷲ" ހުއްޓައިލަނީ
ޒީޓީވީގެ ސިލްސިލާ "އިޝްގް ސުބާނަﷲ" ހުއްޓައިލަނީ

ޒީޓީވީން މީގެ ދެ އަހަރު ކުރިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ "އިޝްގް ސުބާނަﷲ" ހުއްޓައިލަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީގެ އޭގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެ، ޓީއާރްޕީ ޗާޓުން ވެސް ސޮއްސާލާފައިވާތީ ސިލްސިލާ ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ޒީޓީވީ އަޘށް ގެއްލިފައިވާ ކަމަށެވެ. އެހެންވެ އަންނަ މަހުގެ ތެރޭގައި ކުރިއަށް ހުރި އެޕިސޯޑްތަކުގެ ޝޫޓިން ނިންމާލައި، އޮކްޓޯބަރު މަހުގެ ކުރީކޮޅު "އިޝްގް ސުބާނަﷲ" ނިމުމަކަށް ގެންނާނެ ކަމަށްވެ އެވެ.

މި ސިލްސިލާ އަކީ މުސްލިމު އާއިލާތަކެއްގެ ތެރެއިން އުފަންވާ ލޯބީގެ ވާހަކައެއް ކިޔައިދޭ އެއްޗެކެވެ. "އިޝްގް ސުބާނަﷲ" ލީޑް ރޯލް ކުޅެނީ އަދުނާނު ޚާނާއި އީޝާ ސިންގެވެ.

މި ސިލްސިލާ ދައްކަން ފެށީ މާޗް 14، 2018 ގަ އެވެ. އަދި މިހާތަނަށް 550 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ޒީޓީވީން ގެނެސްދޭ މަގުބޫލު ސިލްސިލާތަކުހެ ތެރޭގައި "ކުމްކުމް ބަގިއާ" އާއި އޭގެ ސްޕިން-އޮފް "ކުންދަލީ ބަގިއާ" ހިމެނެ އެވެ.