ޕީއެސްއައިޕީ ކޮންޓްރެކްޓުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އަންގައިފި
ޕީއެސްއައިޕީ ކޮންޓްރެކްޓުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އަންގައިފި

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ކޮންޓްރެކްޓުތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ކޮންޓްރެކްޓުތައް ހުށަހަޅަން ޕީއެސްއައިޕީ ޕޯޓަލް މިހާރު ހުޅުވާފައިވާނެ ކަމަށާއި މި މަހުގެ ފަހުން ފައިސާ ދޫކުރާނީ މައުލޫމާތު ހުށަހަޅާ އިދާރާތަކަށް އެކަނި ކަމަށެވެ.

އެހެންވެ، ދައުލަތުގެ ހަރަދުގައި ހިންގާ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކާއި ދައުލަތާއި އަމިއްލަ ފަރާތްތަކާ އެކު ހަދާ ކޮންޓްރެކްޓުގެ މައުލޫމާތުތައް ހުރިހާ އިދާރާއަކުން ވެސް ޕޯޓަލް އަށް އަޅަން ޖެހޭނެކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ވަނީ މި މައުލޫމާތު bandeyri.egov.mv މެދުވެރިކޮށް ހުށަހެޅުމަށް ދައުލަތުގެ އިދާރާތަކަށް މި މަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ.