އެހެން ގައުމުތަކުގެ މީހުން އަހަންނަކީ ފްރާންސް މީހެއް ކަމަށް ހީކުރޭ: ކަންގަނާ
އެހެން ގައުމުތަކުގެ މީހުން އަހަންނަކީ ފްރާންސް މީހެއް ކަމަށް ހީކުރޭ: ކަންގަނާ

ބައެއް ގައުމުތަކަށް ދިއުމުން، ފްރާންސް މީހެއް ކަމަށް ހީކޮށް ބައެއް މީހުން ސުވާލުކުރާ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

ފްރާންސްގައި ނަގާފައިވާ ކުރީގެ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކުރަމުން، ހުނަރުވެރި ބަތަލާ ބުނީ އެމެރިކާ އާއި ޔޫރަޕާއި މެދުއިރުމަތި ފަދަ ތަންތަނަށް ކުރާ ދަތުރުތަކުގައި އޭނާ އަކީ ފްރާންސް މީހެއް ހީކޮށް ބައެއް މީހުން ފްރާންސް ބަހުން ވާހަކަ ވެސް ދައްކާ ކަމަށެވެ. އަދި އޭނާ އަކީ ފްރާންސް މީހެއް ނޫން ކަމަށާއި އިންޑިއާ މީހެއް ކަމަށް ބުނުމުން އޭނާ އަކީ އިންޑިއާގައި ދިރިއުޅޭ ފްރާންސް މީހެއް ކަމަށް ވެސް ބައެއް މީހުން ހީކުރާ ކަމަށް ކަންގަނާ ބުންޏެވެ.

ނަމަވެސް ފްރާންސް މީހެއް ކަމަށް އޮޅުންއަރަނީ ކޮން ސިފައަކާ ހެދި ކަމެއް ކަންގަނާ ނުބުނެ އެވެ. އޭނާގެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓް ވެސް ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ކަންގަނާ އަށް މަލާމާތް ވެސް ކޮށްފައިވެ އެވެ. އެގޮތުން ފްރާންސް މީހަކަށްވާން ވަރަށް ހިތްވޭދޯއޭ ވެސް އަހާފައިވެ އެވެ.

ކަންގަނާގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި މެދުއިރުމަތީގައި އުޅޭ އޭނާގެ ގާތް ރައްޓެހިންނަށް އަދި ދިމާވާނީ އަދި އެހެން މައްސަލައެކެވެ. އެގޮތުން އެ މީހުންނަކީ ޗައިނާ ބައެއް ކަމަށް އެ ހިސާބުގެ މީހުން ހީކުރާ ކަމަށް ބުންޏެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަދި ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ، 33، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޖެނުއަރީގައި ރިލީޒްކުރި "ޕަންގާ" އިންނެވެ. ދެން އެންމެ އަވަހަށް އަންނަން އޮތް އޭނާގެ ފިލްމަކީ "ތަލައިވީ" އެވެ.