ލ. މާބައިދޫގެ އާ ނެރު ހަދައި ނިންމާލައިފި
ލ. މާބައިދޫގެ އާ ނެރު ހަދައި ނިންމާލައިފި

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ނިމިއްޖެ ކަމަށް އެ މަސައްކަތާ ހަވާލުވި އެމްޓީސީސީން ބުނެފި އެވެ.

ލ. މާބައިދޫގެ އާ ނެރު ހަދައި ނިންމާލައިފި
ލ. މާބައިދޫގެ އާ ނެރު ހަދައި ނިންމާލައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްކްޗާއިން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ ޖެނުއަރީ މަހުގެ އެވެ.

މި މަޝްރޫއުގެ ދަށުން ވަނީ ކުރިން ކަނޑާފައި އޮތް ނެރުނު ބަންދުކޮށް 17،503.96 އަކަ މީޓަރުގެ ނެރު ސަރަހައްދެއް ފުންކުރުމާއި 253 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 83 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓް ޖެހުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

މި މަޝްރޫއަށް 22.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.