22 އޯގަސްޓް 2020 - 23:12

ކޮވިޑް-19 އަށް މިއަދު 96 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހުންނަކީ ދިވެހިން ކަމަށާއި އަދި ބަންގްލަދޭޝްގެ 26 މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑިއާ މީހަކާއި ނޭޕާލް މީހަކު ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 6،600 އަށް މިހާރު ވަނީ އަރައިފަ އެވެ. އަދި 4،100 މީހަކު މިހާރު ރަނގަޅު ވެފައިވާތީ މި ވަގުތު ފަރުވާ ދެމުންދަނީ 2،500 މީހުންނަށެވެ. އައިސޮލޭޝަންގައި ތިބީ 1،400 މީހެކެވެ. ރާއްޖެއިން އެ ބަލީގައި 26 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.