22 އޯގަސްޓް 2020 - 19:41

ކޮވިޑް-19 އަށް ޕޮޒިޓިވްވި 89 މީހަކު ކަރަންޓީނަށް ދާން ދެކޮޅު ހަދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެޗްއީއޯސީން ބުނީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކަރަންޓީނަށް ގެންދަން ތައްޔާރު ވަމުންދާ 194 މީހަކު އެބަ ތިބި ކަމަށެވެ. އަދި 89 މީހަކު އެތަނަށް ދާން ދެކޮޅު ހަދާފައިވާ ކަމަށާއި 33 މީހަކާ ނުގުޅޭ އިރު އާއިލާގެ އެހެން މީހުންގެ ނަތީޖާ ލިބެންދެން 18 މީހަކު މަޑުކޮށްގެން އެބަ ތިބި ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.
ކޮވިިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ. އެ ބައްޔަށް ރާއްޖެ އިން 6،500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ ވެފައިވާއިރު 4،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި އެ ބަލީގައި މަރުވީ 26 މީހުންނެވެ.