އިންޓަ ބަލިކޮށް ސެވިއްޔާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފި
އިންޓަ ބަލިކޮށް ސެވިއްޔާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފި

ކޮލޯން (އޮގަސްޓް 22) – އިޓަލީގެ އިންޓަ މިލާން 3-2 އިން ބަލިކޮށް ސްޕެއިނުގެ ސެވިއްޔާ އިން ޔުއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ހޯދައިފި އެވެ.

އިންޓަ ބަލިކޮށް ސެވިއްޔާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފި
އިންޓަ ބަލިކޮށް ސެވިއްޔާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފި

ސެވިއްޔާ އިން 2006, 2007 އަދި 2014، 2015، 2016 ގައި ހޯދި ތަށި އަލުން ކްލަބުގެ ތަށިހަރުގަނޑަށް މިލީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށް ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޓަގެ މައްޗަށް ވިސްނުންތެރި ކުޅުމަކުން ކާމިޔާބު ހޯދައިގެންނެވެ.

އިންޓަ ބަލިކޮށް ސެވިއްޔާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފި
އިންޓަ ބަލިކޮށް ސެވިއްޔާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފި

މިއީ އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓީގްގެ ކެރިއަރުގެ ފުރަތަމަ ތަށްޓެވެ. އަދި މިއީ ހިތްދަތި ތަޖުރިބާތަކަކަށް ފަހު އޭނާ އަށް ލިބުނު އުފަލެއް ވެސް މެ އެވެ.ސްޕެއިން ގައުމީ ޓީމާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަނިކޮށް 2018 ގެ ވޯލްޑް ކަޕުގައި ހުއްޓާ މަގާމުން ވަކިކުރީ އެ މުބާރާތަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުންނެވެ. އެކަމަކު ރެއާލަށް ގޮސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން އެ ޓީމުން ވެސް ވަކިކުރީ އެވެ. މިރޭ މެޗަށް ފަހު އޭނާ ވަނީ ޖަޒުބާތުގައި ޖެހި ވަރަށް ބޮޑަށް ރުޔެވެ.

އަނެއްކޮޅުން މި ނާކާމިޔާބީއާ އެކު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ކުރިމަގާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އިޓާލިއަން ލީގުގެ ދެ ވަނަ ހޯދުމަށް ފަހު އޭނާ ވަނީ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު 10 އަހަރަށް ފަހު ކްލަބަށް މިރޭ އޭނާ ތަށި ހޯދައިދިން ނަމަ އެ މައްސަލަ ހިހޫ ވުމުގެ ފުރުސަތު އޮތީހެވެ. އޭނާ އަށް މިވަނީ އިޓާލިއަން ލީގާއި ޕްރިމިއާ ލީގުގައި ހޯދި ކާމިޔާބީ ޔޫރަޕުގައި ސާބިތުކުރަން ލިބުނު ފުރުސަތު އަނެއްކާ ވެސް ގެއްލިފަ އެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޔުވެންޓަސްއާ އެކު ދެ ފަހަރު ނާކާމިޔާބުވި އެވެ.

ޖަރުމަނުގެ ކޮލޯންގައި ކުޅުނު ފައިނަލް މެޗުގެ ފަސް ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ޕެނަލްޓީއަކުން އިންޓަ އަށް ކުރި ހޯދައިދިނެވެ. މިއީ ކައުންޓާ އެޓޭކެއްގައި ލުކާކޫ އޭރިއާ ތެރެއަށް ވަން ވަގުތު ސެވިއްޔާގެ ޑިއެގޯ ކާލޯސް އޭނާ ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ އޭނާ އަތުން އިދިކޮޅަށް ޓީމަށް ޕެނަލްޓީ ލިބުނު ޖެހިޖެހިގެން ތިން ވަނަ މެޗެވެ.

މި ގޯލާ އެކު ލުކާކޫ ވަނީ ބްރެޒިލްގެ ރޮނާލްޑޯ 1997/1998 ގައި އިންޓަ އަށް 34 ގޯލް ޖަހައިދިން ފަހުން އެ އަދަދަށް އެ ޓީމަށް ފުރަތަމަ ސީޒަނުގައި ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ އިންޓައާ އެކު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު ލީޑު ލިބުނު ނަމަވެސް އިންޓަގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ހާސްކަން ބޮޑު ކުޅުމެކެވެ. ޕްރެޝަރަށް ވެއްޓި އެ ޓީމުގެ ކުޅުންތެރިން ދިޔައީ ރެފްރީ އަށް ބާރު ބޮޑުކުރަމުން ދިޔަ އެވެ.

ނަތީޖާއަކަށްވީ 12 ވަނަ މިނެޓުގައި ސެވިއްޔާ އިން އެއްވަރުކުރުމެވެ. ކެޕްޓަން ޖީސުސް ނަވާސް ނެގި ހުރަސް އިންޓަގެ ޑިފެންޑަރުންގެ ތެރެއިން އަރައި ބޮލުން ގޯލަށް ވައްދާލީ ލޫކް ޑި ޔޮން އެވެ. އަދި 33 ވަނަ މިނެޓުގައި އެވާ ބަނޭގާ ހިލޭ ޖެހުމަކުން ހުރަސް ކުރި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ޑި ޔޮން ސެވިއްޔާ އަށް ލީޑު ނަގައިދިނެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޑިއެގޯ ގޮޑިން އިންޓަ އަށް އެއްވަރުކޮށްދިނެވެ. މިއީ ލުކާކޫ އަށް އަނެއްކާ ވެސް ކާލޯސް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލުކާކޫ އަށް އަނެއްކާ ވެސް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އެކަނިމާއެކަނި އަރައި ޖެހި ބޯޅަ އަމާޒުވީ ސެވިއްޔާގެ ގޯލްކީޕަރު ޔާސީން ބޯނޫ އަތަށެވެ.

އޭގެ އިރުކޮޅެއް ފަހުން ސެވިއްޔާ އިން އަލުން ލީޑު ނެގި އެވެ. މިއީ އިންޓަގެ ފުރަތަމަ ދެ ގޯލް ޖަހަން މަގުފަހިވި ސެޓްޕީސްތައް ދިން ސެވިއްޔާގެ ކާލޯސް އޭރިއާ ތެރެއިން އޯވާހެޑަކުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ އިންޓަގެ ފޯވާޑް ލުކާކޫ ފައިގައި ޖެހިފަ އެވެ. ގޯލް ބުޑުގައި ހުރެ އޭނާ އެ ބޯޅައިގައި ފައި ޖައްސާނުލި ނަމަ އެ ބޯޅަ ބޭރަށް ދިއުމުގެ ފުރުސަތު އޮތެވެ.

އިންޓަ އިން ފަހުން ކްރިސްޓިއަން އެރިކްސަން އަރުވައި އަދި އިތުރު ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރެއިން ލިބުނު ފުރުސަތެއްގައި އެލެކްސިސް ސަންޗޭޒް ފޮނުވާލި ބޯޅައެއް ސެވިއްޔާ ޑިފެންޑަރު ޔޫލްސް ކޫންޑޭ ވަނީ ގޯލް ރޮނގު މަތިން ސާފުކޮށްފަ އެވެ.