"އުރީދޫ އަތޮޅު ދުވުން" ގައި ރަޖިސްޓަރީވާން ހުޅުވާލައިފި
"އުރީދޫ އަތޮޅު ދުވުން" ގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ރައްޖޭގައި ބާއްވާ އެންމެ ފުރަތަމަ ވާޗުއަލް ދުވުން، "އުރީދޫ އަތޮޅު ދުވުން" ގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

"އުރީދޫ އަތޮޅު ދުވުން" ގައި ރަޖިސްޓަރީވާން ހުޅުވާލައިފި
"އުރީދޫ އަތޮޅު ދުވުން" ގައި ރަޖިސްޓަރީވާން ހުޅުވާލައިފި

މިއީ، ރާއްޖޭގެ 20 އަތޮޅެއްގައި އޮންލައިންކޮށް ކުރިއަށް ގެންދާ ދުވުމުކެވެ. ކޮންމެ ސަރަހައްދެއްގައި ތިބެގެން ވެސް ބައިވެރިވެވޭ ދުވުމުގެ ރަޖިސްޓްރޭޝަނަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އުރީދޫން ބުންޏެވެ.

ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން، މި މަހުގެ 27 ގެ ހަވީރު ހައެއްގެ ކުރިން http://ore.do/regstr މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެ އެވެ.

ދުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 12 އިން 29 ވަނަ ދުވަހުގެ ރޭ 11:59 އާ ދެމެދުގަ އެވެ.

އުރީދޫން ބުނީ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ކޮންމެ ދުވުންތެރިއަކަށް ވެސް ޑިޖިޓަލް ބިބަކާއި ކޮންފަމޭޝަން މެސެޖެއް ލިބޭނެ ކަމަށެވެ. ދުވެ ނިމުމުން "ސްޓްރާވާ އެޕް" ނުވަތަ "ގާމިން ކަނެކްޓް" ނުވަތަ "ރަންޓާސްޓިކް" ނުވަތަ "ނައިކް ރަން ކްލަބް" ނުވަތަ "ރަންކީޕާ" އެޕްލިކޭޝަން މެދުވެރިކޮށް، ދުވި ރޫޓު ޓްރެކް ކުރުމަށް ފަހު ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބޭ ލިންކަށް އަޕްލޯޑް ކުރަން ޖެހެ އެވެ. މި ސްކްރީންޝޮޓް އަޕްލޯޑު ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭއިރު، މި މެޑަލް ފިސިކަލް މެޑަލަކަށް ބަދަލު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް އުރީދޫން ދޭނެ އެވެ.

އަތޮޅު ދުވުން ދެ ބަޔަކަށް ވަނީ ބަހާލައިފަ އެވެ. އެއީ 15 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ކެޓަގަރީ އެވެ. ފަނަރަ ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވެވޭނީ އުރީދޫން ކުރިން އެޕްރޫވް ކޮށްފައިވާ 20 ދުވުންތެރިއަކަށެވެ. ނަމަވެސް ފަސް ކިލޯމީޓަރުގެ ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

އުރީދޫން ބުނިގޮތުގައި އެ ކުންފުނިން އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ވާޗުއަލް ދުވުމެއް ބާއްވަން ނިންމީ މި ދުވުމަކީ، އެކަނި ނުވަތަ އާއިލާ އާއި ރައްޓެހިންނާއެކު، ގައިދުރުކަން ބަހައްޓައިގެން ބައިވެރިވެ، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ހަރަކާތަކަށް ވާތީ އެވެ. އެހެންވެ، މި ދުވުމުގައި ބައިވެރިވާ މީހުންނަށް ގޭގައި ތިބެގެން ވެސް އަދި ދުވާ ޓްރެކުތަކުގައި ވެސް ދުވުން ފުރިހަމަ ކުރެވިދާނެ އެވެ.

މިއީ، އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. މި ދުވުމުގެ ލައިވް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އާއްމުކުރާނެ އެވެ.