19 އޯގަސްޓް 2020 - 22:31

ރާއްޖެ އިން ކޮވިޑް-19 އަށް 146 ދިވެހިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި 117 ދިވެހިން ވެސް ހިމެނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ 21 މީހުން، އިންޑިއާގެ ދެ މީހުން، ސްރީ ލަންކާގެ ފަސް މީހުން އަދި ފިލިޕީންސް މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭން މާލެ ސަރަހައްދުން 144 އަދި އަތޮޅުތަކުން ދެ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭން މިހާތަނަށް 6،225 މީހުން ޕޮޒިޓިވްވެފައިވާ އިރު 3،788 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ސައްވީސް މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ ރާއްޖޭގެ އެކްޓިވް ކޭސްގެ އަދަދަކީ 2،413 އެވެ.
ހޮސްޕިޓަލްގައި 152 މީހަކަށް ފަރުވާދޭ އިރު އައިސޮލޭޝަނުގައި 1،390 މީހުން އެބަތިއްބެވެ. ރާއްޖޭން މިހާތަނަށް ވަނީ 99،300 ސާމްޕަލް ނަގައިފަ އެވެ.