19 އޯގަސްޓް 2020 - 16:38

ގުޅިގެން ސިޔާސީ މަސައްކަތްކުރުމާ ބެހޭގޮތުން އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މިއަދު މަޝްވަރާކޮށްފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ހަމައެކަނި ބުނީ ދެ ފަރާތުން ބައިވެރިވެގެން ސިޔާސީ މަސައްކަތް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެެ ލީޑަރު ވަނީ އިއްޔެ ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އެކަމާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ޖާބިރުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން, އެމަނިކުފާނުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖާބިރު ހަމަޖެއްސެވި އެވެ. ނަމަވެސް މަޖިލީހަށް ހޮވިވަޑައިގަތުމާ ގުޅިގެން ފަހުން އޭނާ މަގާމުން ވަކި ކުރި އެވެ.
ސަރުކާރާ ގުޅުންހުރި ތަފާތު އެކި މައްސަލަތަކުގައި ވެސް މަޖިލީހަށް އެންމެ ގިނަ ގަރާރު ހުށަހަޅުއްވާ އެއް މެމްބަރަކީ ޖާބިރެވެ.