ތިނަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލުމުން ބަޔަކު ހައްޔަރުކޮށްފި
ތިނަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލުމުން ބަޔަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ފުލުހެއްގެ ސައިކަލެއްގައި އަލިފާން ރޯކޮށްލި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައިކަލްގައި ރޯކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ނުވައެއް ޖަހާ އެހާއިރު ކަމަށެވެ.

ސައިކަލުގައި ރޯކޮށްލާފައި ވަނީ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރީ ސައިކަލު ހުއްޓައި ނަގައިގެން ރަށުގެ ހުޅަނގު ފަރާތު އަތިރިމައްޗަށް ގެންގޮސް ކަމަށް ފުލުހުން ބުންޏެވެ. ރޯކޮށްލި ސައިކަލު ވަނީ އަނދައި ހުލިވެފަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 26 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފައި ވާއިރު މިއަދު ވެސް 22 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ބެހޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.