ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ މީހަކަށް އަނިޔާވެއްޖެ
ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ މީހަކަށް އަނިޔާވެއްޖެ

މަހަށް ނުކުމެ އުޅުނު ލޯންޗަކާއި މުދާ އުފުލާ ދޯންޏެއް ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މަހަށް ނިކުމެ އުޅުނު 22 ފޫޓުގެ "އަލީ ޝާހު" ލޯންޗާއި "އިރު ސަޕްލައި" ދޯނި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އަނިިޔާވި މީހާ މީހާއަށް ފަރުވާ ދޭން މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެ މީހާގެ ބޮލަށާއި ކޮނޑުހުޅަށް އަނިޔާވި ކަމަށާއި އޭނާ މާލެ ގެނައީ މާފުށީ ދޯންޏެއްގައި ކަމަށެވެ.

އަނިޔާވި މީހާގެ އިތުރުން ހަތަރު މީހަކު އަލީ ޝާހު ލޯންޗުގައި ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އިރު ސަޕްލައި ދޯނީގައި ހަތް މީހަކު ތިއްބެވެ.

އެމްއެންޑީއެފުން ޓްވީޓްކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ލޯންޗް އޮތީ ބަންޑުންޖެހިފަ އެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންނެވެ.