ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6،000 އިން މައްޗަށް
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6،000 އިން މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6،000 އިން މައްޗަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، މާޗު 7 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 6،079 އަށް އަރާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 170 މީހަކު ކަމަށެވެ. އޭގެ ތެރެއިން 139 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ދެކުނު އެފްރިކާ މީހަކު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލިން އަލަށް ރަނގަޅުވީ 160 މީހެކެވެ. އެ ބަލި ޖެހިގެން މިހާރު ފަރުވާ ދެމުން އަަންނަނީ 2،407 މީހަކަށެވެ. ދެން ތިބި އެންމެން ފަރުވާއަށް ފަހު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ފިޔަވަޅުތައް އިތުރަށް ދަނީ ވަރުގަދަ ކުރަމުންނެވެ. އެ ބަލީގައިި ރާއްޖެއިން 24 މީހަކު ވަނީ މަރުވެފަ އެވެ.