18 އޯގަސްޓް 2020 - 20:37

ތ. ވިލުފުށީގައި ދެ އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ވިލުފުށީގައި ދެ އަހަރުގެ އަންހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން އެރަށަށް ގޮސް ކަރަންޓީން ފުރިހަމަ ކުރުމުގެ ކުރިން ކުރި ޓެސްޓްތަކުން ކަމަށެވެ.
އަތޮޅު ތެރެއިން ކޮވިޑް-19 ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، އެ ބައްޔަށް އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ފިޔަަވަޅުތައް އަނެއްކާވެސް ދަނީ ހަރުކަށި ކުރަމުންނެވެ.