18 އޯގަސްޓް 2020 - 11:19

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި މަޖިލިހުގެ އަމީން އާންމު އައިސޮލޭޝަނަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީން އާންމު ފާތިމަތު ނިއުޝާގެ އިތުރުން އައިސޮލޭޝަންގައި ތިއްބެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކަމަށެވެ.
އެ ތިން ބޭފުޅުން ވެސް އައިސޮލޭޓްވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ބައްދަލުވުމުންނެވެ.
މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މެމްބަރުން ކޮވިޑް-19 އަށް ގުޅިގެން އައިސޮލޭޝަންގައި މަޑުކުރައްވަން ޖެހިވަޑައިގެންފައި ވެ އެވެ. އަދި މަޖިލިހުގެ އިދާރާގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ، ކޮންޓެކްޓްވި އެހެން މުވައްޒަފުން ވެސް އައިސޮލޭޓް ކުރި އެވެ.