ކޮވިޑްގައި އަނެއްކާވެސް މަރެއް، ޖުމްލަ 23 އަށް
ކޮވިޑްގައި އަނެއްކާވެސް މަރެއް، ޖުމްލަ 23 އަށް

ކޮވިޑް-19 ޖެހިގެން ރާއްޖޭން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް ވާއިރު މިއަދު ވެސް މަރުވީ ދިވެއްސެކެވެ. މިއީ ބަލީގައި ރާއްޖެއިން މަރުވި 23 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި 64 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި މަހު މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް ޖެހިގެން ހަތް މީހަކު މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 5،785 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ފަރުވާދެމުން އަންނަނީ 2،414 މީހުންނަށެވެ. އަދި 3،349 މީހުން ވަނީ ރަނގަޅުވެފަ އެވެ.