17 އޯގަސްޓް 2020 - 15:51

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިރާގުގެ ޚިދުމަތްތަކަށް މިއަދު ބުރޫއަރައިފި އެވެ.
އެ ކުންފުނިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ފިކްސްޑް ބްރޯޑްބޭންޑާއި މޮބައިލް އިންޓަނެޓް ބޭނުން ކުރާ ކަސްޓަމަރުންނަށް އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި ޓެކްނިކަލް މައްސަލައާ ގުޅިގެން، ދިރާގުގެ އިންޓަނެޓުގެ ޚިދުމަތް ދޭތެރެދޭތެެއިން މިހާރު ދަނީ ކެނޑެމުންނެވެ.
މި މައްސަލަ ހައްލުވަންދެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ދިރާގުން މާފަށް އެދެ އެވެ.
މީގެ ކުރިން ވެސް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ދިރާގުގެ އިންޓަނެޓުގެ މައްސލަަތައް ދިމާވެ އެވެ. ނަމަވެސް އާންމު ގޮތެއްގައި އެ މައްސަލަތައް މާ ގިނައިރުތަކެއް ނުވެ ހައްލު ކުރެ އެވެ.