ސިލްސިލާއަކަށް "ލޮކްޑައުން ކީ ލަވް ސްޓޯރީ"
ސިލްސިލާއަކަށް "ލޮކްޑައުން ކީ ލަވް ސްޓޯރީ"

ސްޓާ ޕްލަސް އިން "ލޮކްޑައުން ކީ ލަވް ސްޓޯރީ" ގެ ނަމުގައި އާ ސިލްސިލާއެއް ގެނެސްދޭންް ނިންމައި، އޭގެ ޕްރޮމޯ ދައްކާލައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ކުރިމަތިވި ލޮކްޑައުންގެ ތެރޭގައި އުފަންވާ ލޯބީގެ ވާހަކައެއް މަޖާ ގޮތަކަށް ގެނެސްދޭ ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ލޮކްޑައުން ކީ ލަވް ސްޓޯރީ" ގެ ލީޑް ރޯލުން ފެނިގެންދާނީ ސްޓާ ޕްލަސް އިން މިދިޔަ އަހަރު ގެނެސްދިން ސިލްސިލާ "ކުލްފީ ކުމާރު ބަޖޭވާލާ" ގެ ބަތަލު މޯހިތު މަލިކާއި ހަމަ އެ ޗެނެލުން ގެނެސްދިން "ދިވްޔާ ދުރިސްތީ" ގެ ބަތަލާ ސަނާ ސައްޔިދެވެ.

މި ވަގުތު އިންޑިއާގެ އެންމެ މަގުބޫލު ޓިވީ ސިލްސިލާތަކުގެ އެންމެ ކުރީގައި ސްޓާ ޕްލަސް އިން މިދިޔަ މަހުގެ މެދުތެރޭގައި ދައްކަން ފެށި "އަނޫޕަމާ" އޮތް އިރު، މި މަހުގެ 24 ގައި އެ ޗެނެލުން "ޝާދީ މުބާރަކް" ކިޔާ އާ ސިލްސިލާއެއް ވެސް ދައްކަން ފަށާނެ އެވެ.

އޭގެ ތަރިންނަކީ މާނަވް ގޯހިލް އާއި ރާޖްޝްރީ ތާކޫރެވެ.