15 އޯގަސްޓް 2020 - 22:58

ކޮވިޑް-19 ޖެހިފައިވާ އިތުރު 198 މީހަކު ރާއްޖެ އިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭން މިހާތަނަށް ވަނީ 3،208 މީހުން ރަނގަޅުވެފަ އެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ މާލެ ސަރަހައްދުން 104 މީހަކާއި އަތޮޅުތަކުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 73 ދިވެހިންނާއި 29 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ތިން މީހުން އަދި ފިލިޕީންސް މީހަކާއި ސްރީ ލަންކާ މީހަކު ހިމެނެ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 5،679 އަށް މިހާރު ވަނީ އަރައިފަ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 22 މީހެކެވެ.
މާލޭގެ އިތުރުން 12 ރަށެއްގަ އާއި އައްޑޫގެ ދެ އަވަށެއްގައި ވެސް ކޮވިޑަށް ޕޮޒިޓިވް މީހުން ތިބި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި ނުވަ ރިސޯޓެއް ވެސް ހިމެނެ އެވެ.