25 އޮކްޓޯބަރ 2016 - 14:14

މާލެ އާއި އައްޑޫގައި ހުންނަ ބައެއް ޕްރީ ސްކޫލުތަކުގައި އަންނަ އަހަރުން ފެށިގެން ހިލޭ ކިޔަވައިދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މާލެ އާއި އައްޑޫގެ ބައެއް ޕްރީ ސްކޫލުތަކުގައި އަންނަ އަހަރުން ފެށިގެން ހިލޭ ކިޔަވައިދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭނީ އެލްކޭޖީ އަދި ޔޫކޭޖީ އެކަނި ކަމަށް ޝަފީއު ވިދާޅުވި އެވެ.
މާލެއާއި އައްޑޫ ފިޔަވައި އެހެން ރަށްރަށުގެ ޕްރީސްކޫލުތައް، އެ ރަށެއްގައި ސަރުކާރުން ހިންގާ ސްކޫލެއްގެ ދަށަށް ބަދަލުކޮށް މި އަހަރުން ފެށިގެން އަންނަނީ ހިލޭ ކިޔަވައިދެމުންނެވެ.
"މިއަހަރު ވެސް ނިންމާފައި އޮންނާނެ އަންނަ އަހަރުން ފެށިގެން މާލެ އާއި އައްޑޫގެ ބައެއް ޕްރީ ސްކޫލުތަކުގައި ހިލޭ ކިޔަވައިދޭގޮތަށް،" ޝަފީއު ވިދާޅުވި އެވެ.
އެ ބަދަލާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.