15 އޯގަސްޓް 2020 - 12:15

ސ. ހިތަދު އާއި ލ. ގަމުގައި އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް އިއްޔެ ހުޅުވައިފި އެވެ.
އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކަކީ ސެލްފް ސާވިސް ކިއޮސްކުތައް މެދުވެރިކޮށް ބޭނުން ކޮންމެ ގަޑިއެއްގައި ރިޗާޖުކުރުމާއި ބިލު ދެއްކުމުގެ އިތުރުން ކޭޝް އިން ކުރުމަށް ވެސް ބޭނުން ކުރެވޭ ގޮތައް ތައްޔާރުކޮށްފައިވާ ސެންޓަރުތަކެކެވެ.
ކޮވިޑް-19އާ ގުޅިގެން އެ ކުންފުނީގެ އޮފީސްތަކުގެ އިތުރުން މި ސެންޓަރުތަކުގައި ވެސް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް ކަސްޓަމަރުންގެ ފަރާތުން އުރީދޫ އިން އެދެ އެވެ.
ހިތަދޫގައި ހުޅުވި ސެންޓަރު ހުންނާނީ އެ ރަށުގެ އުރީދޫ އެކްސްޕީރިއެންސް ސެންޓަރު ކައިރީގަ އެވެ. އަދި ގަމުގައި ހުޅުވި ސެންޓަރު ހުންނާނީ އެ ރަށުގެ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގަ އެވެ. މި ދެ ސެންޓަރުން ވެސް 24 ގަޑިއިރު އުރީދޫ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އެވެ.
އެ ކުންފުނިން ވަނީ އައްޑޫ އާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ވެސް ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފަ އެވެ.