މާލެ ސަރަހައްދުން 74، އެހެން ރަށްރަށުން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން 74، އެހެން ރަށްރަށުން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް މާލެ ސަރަހައްދުން އިތުރު 74 އަދި އަތޮޅު ތެރެއިން ހަތަރު މީހަކު އަލަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި 78 މީހުންގެ ތެރެއިން 46 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ތިބީ ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ މީހެއްގެ އިތުރުން ސްރީ ލަންކާގެ ދެ މީހެކެވެ. އެހެންވެ، ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5،500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 90 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެހެންވެ، މިހާތަނަށް ކޮވިޑު ޖެހި، ރަނގަޅުވި މީހުންގެ އަދަދު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މިވަގުތު ފަރުވާ ދެމުންދަނީ 2،540 މީހަކަށެވެ. އޭގެ ތެރެއިން 1،500 މީހަކު ކަރަންޓީން ފެސިލިޓީތަކުގައި ތިބިއިރު، 150 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މީހަކަށް 22 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން އެ ބަލީގައި މީހަކު މަރުވީ ރޭ ދަންވަރެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުުންގެ އަދަދު އިތުރުވާން ފެށުމުން ފިޔަވަޅުތައް އަނެއްކާވެެސް ދަނީ އިތުރުވަމުންނެވެ.