މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައިފި، މެޓުން ބުނަނީ އާދަޔާ ހިލާފުކަމެއް ނެތޭ
މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައިފި، މެޓުން ބުނަނީ އާދަޔާ ހިލާފުކަމެއް ނެތޭ

އާއްމުކޮށް މާލެއަށް އުދަ އަރާ ހިސާބުތަކަށް މީގެ ކުރިން އުދަ އަރާ ވަރަށް ވުރެ ބޮޑަށް މިއަދު އުދަ އަރައިފި އެވެ.

މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައިފި، މެޓުން ބުނަނީ އާދަޔާ ހިލާފުކަމެއް ނެތޭ
މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައިފި، މެޓުން ބުނަނީ އާދަޔާ ހިލާފުކަމެއް ނެތޭ

މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ވަގުތު މާލޭގެ ރިންގް ރޯޑުގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރައިފަ އެވެ. އުދައިގެ ރާޅާ އެކު ގިނަ އަދަދެއްގެ ގަލާއި ވެލި ވެސް މަގުމައްޗަށް އަރައި ދުއްވާ އެއްޗިއްސަށް ދަތިވި އެވެ.

ހައިވޭގެ އިތުރުން މާލެއަށް އާއްމުކޮށް އުދައަރާ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދަށް ވެސް އެހެން ދުވަސް ދުވަހު އަރާ ވުރެ ބޮޑަށް ވަނީ އުދަ އަރައިފަ އެވެ. އެ ސަރަހައްދުން އެރި އުދައިގެ ލޮނުގަނޑު ބޮޑުތަކުރުފާނު މަގާއި މަޖީދީމަގުން ހެންވޭރު ދަނޑާ ހިސާބަށް އޮތެވެ.

ސިނަމާލޭ ބްރިޖް ހައިވޭ އަށް ވެސް މިއަދު އުދަ އަރައި އެއާ އެކު އެރި ގަލާއި ވެލީގެ ސަބަބުން ވެހިކަލް ދުއްވަން ދަތިވާ ވަރުވި އެވެ.

މެޓުން ބުނީ މިއަދު މާލެ އަށް އުދަ އެރީ 10:15 އެހާއިރު ކަމަށާއި އެއީ އެންމެ ދިޔަވަރު ބޮޑު ވަގުތު ކަމަށެވެ. އަދި މިއީ އާއްމުކޮށް އަރާ އުދަ ކަމަށާއި އެއްވެސް އާދަޔާ ހިލާފު ކަމެއް ނެތް ކަމަށް ބުންޏެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކަށް އުދަ އަރައިގެން މިއަދު ރިޕޯޓް ކޮށްފައި ނުވާ ކަމަށް މެޓުން ބުންޏެވެ. އަދި މާދަމާ ވެސް ހެނދުނު 10:15 އެހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުންޏެވެ.

ރާއްޖޭގެ އެންމެ ދެކުނު ފިޔަވައި އެހެން ހިސާބުތަކަށް މޫސުން ރަނގަޅު ކަމަށް ވެސް މެޓުން ބުންޏެވެ. އެންމެ ދެކުނަށް މިއަދު ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެ އެވެ. އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ވެސް ކުރިއަށް އޮތް 24 ގަޑިއިރު މަޑުވާނެ ކަމަށް މެޓުން ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު މާލެ އަތޮޅާއި ދެކުނުގެ ބައެއް ރަށްތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.