13 އޯގަސްޓް 2020 - 23:29

މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހެއްގެ އަތުން ފައިސާތަކެއް ފޭރިގެންފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އަމީނީ މަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ކަމަށާއި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 10:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށެވެ. އަދި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ބުންޏެވެ. އޭނާ އަށް ލިބިފައިވަނީ ކޮންކަހަލަ ޒަހަމަތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ މިހާރު މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.