ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 66 މީހުން
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 66 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެފައި ވަނީ 66 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިރޭ އިރުއޮއްސުމާ ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައި ވަނީ 52 ދިވެހިންނާއި 12 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ދެ މީހެކެވެ. މި އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ.

މާލެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހުން ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަށް ފަހު، މިއީ މިހާ ދަށްވި ފުރަތަމަ ފަހަރެވެ. އިއްޔެ 116 މީހަކު ޕޮޒިޓިވްވި އިރު އޭގެ ކުރީ ދުވަހު ވަނީ 143 މީހަކު ރާއްޖޭން ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5,223 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،354 އެވެ. މި ބަލީގައި މިއަދު ވެސް މީހަކު މަރުވެފައިވާއިރު އެ އަދަދު ވަނީ ވިއްސަށް އަރައިފަ އެވެ.

މާލޭގެ އިތުރުން 12 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އޭގެ އިތުރުން ނުުވަ ރިސޯޓަކުން ބަލި ފެނިފައިވެ އެވެ.