08 އޯގަސްޓް 2020 - 22:39

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 129 މީހަކު ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ. މީގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެން ޕޮޒިޓިވް ވެފައި ވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހުންނަކީ ދިވެހިން ކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލްގެ މީހެއް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެހެންވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4،898 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 2،791 މީހަކު ރަނގަޅު ވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން ދަނީ 2،088 މީހަކަށެވެ. އައިސޮލޭޝަންގައި 1،481 މީހަކު ތިބިއިރު 144 މީހަކަށް ހޮސްޕިޓަލްގައި ވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް އިތުރަށް ދަނީ ހަރުކަށި ކުރަމުންނެވެ.