އެމެރިކާ މީހުންނަށް އޮތީ "ނުބައި މީހެއް ނުވަތަ ވަރަށް ނުބައި މީހެއް" ހޮވުން: އީރާން
އެމެރިކާ މީހުންނަށް އޮތީ "ނުބައި މީހެއް ނުވަތަ ވަރަށް ނުބައި މީހެއް" ހޮވުން: އީރާން

ތެހެރާން (އޮކްޓޯބަރު 24) - މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގައި ވޯޓުލާ މީހުންނަށް އިޚްތިޔާރު ކުރަން ޖެހިފައި ވަނީ "ނުބައި މީހަކާއި ވަރަށް ނުބައި" މީހެއްގެ ތެރޭން ކެންޑިޑޭޓެއް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާ މީހުންނަށް އޮތީ "ނުބައި މީހެއް ނުވަތަ ވަރަށް ނުބައި މީހެއް" ހޮވުން: އީރާން
އެމެރިކާ މީހުންނަށް އޮތީ "ނުބައި މީހެއް ނުވަތަ ވަރަށް ނުބައި މީހެއް" ހޮވުން: އީރާން

"އެމެރިކާ އިން ފަޚުރުވެރިކަމާ އެކު ބުނަމުންދަނީ އެ ގައުމުގައި އޮތީ 200 އަހަރުވީ ޑިމޮކްރެސީއެއް ކަމަށް. އަދި 50 އަށް ވުރެ ގިނަ ރިޔާސީ އިންތިޚާބު ބާއްވައިފި ކަމަށް. އެކަމަކު އެ ގައުމުގައި އަޚުލާގީ ރަނގަޅު މިންގަނޑެއް ނެތް،" ގައުމީ ޓީވީން ވަގުތުން ދައްކަމުން ދިޔަ ތަގްރީރެއްގައި ރޫހާނީ ވިދާޅުވި އެވެ. "އެމެރިކާގެ ރިޔާސީ ބަހުސް މިހާރު ވާނީ ފެނިފައި. އެ ބަހުސްގައި ކެންޑިޑޭޓުން ދެއްކި ވާހަކަތައް ވެސް ވާނީ އަޑު އިވިފައި. އެކަކު އަނެކަކަށް ފާޑު ކިޔާ ހަޖޫ ޖެހި އަޑު ވެސް ވާނީ އިވިފައި."

އީރާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ އަރާކުގެ ސްޓޭޑިއަމަށް ޖަމާވެފައިވާ މީހުންނާ މުޚާތަބު ކުރައްވާ ރޫހާނީ ވިދާޅުވީ އދ. ގެ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދާދި ފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުގައި ގައުމެއްގެ ވެރިއަކު ވަނީ ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަނުގެ ތެރޭން ރަނގަޅީ ކޮން ކެންޑިޑޭޭޓެއްތޯ ސުވާލުކޮށްފައި ކަމަށެވެ.

"ޖަވާބުގައި އަޅުގަނޑު ދެންނެވިން އިޚްތިރާން ކުރަން ޖެހިފައި ވަނީ ނުބައި މީހަކާއި ވަރަށް ނުބައި މީހެއްގެ ތެރޭން ކެންޑިޑޭޓެއް ކަމަށް،" ރޫހާނީ ވިދާޅުވި އެވެ.

އެމެރިކާގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭން ރޫހާނީ ތާއީދު ކުރައްވާ ކެންޑިޑޭޓެއް ވިދާޅުވެފައެއް ނުވެ އެވެ.

އީރާނުގައި އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ރޫހާނީ ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.