މުއާ ބުނަނީ "ވީ ބޭވަފާ" އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް
މުއާ ބުނަނީ "ވީ ބޭވަފާ" އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް

އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ގެ ފޭނުންނަށް އަންނަ މަސް ހާއްސަ އެވެ. ދުވަސްތަކަކަށް ފަހު އޭނާގެ ފިލްމެއް ސްކްރީނަށް އަންނަނީ އެވެ.

މުއާ ބުނަނީ "ވީ ބޭވަފާ" އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް
މުއާ ބުނަނީ "ވީ ބޭވަފާ" އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް

މުއާ އެންމެ ފަހުން ފެނުނީ 2013 ގައި ރިލީޒް ކުރި "އިނގިލި" އިންނެވެ.

މުއާ ބުނަނީ "ވީ ބޭވަފާ" އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް
މުއާ ބުނަނީ "ވީ ބޭވަފާ" އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް

އޭގެ ތިން އަހަރެއްހާ ދުވަސް ފަހުން އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ "ވީ ބޭވަފާ" އަންނަ މަހުގެ 30 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ. ފިލްމާ ދޭތެރޭ މުއާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް ބުންޏެވެ.

"ވީ ބޭވަފާ" އަކީ މުއާގެ ހަތަރު ވަނަ ފީޗާ ފިލްމެވެ. އަނެއްކޮޅުން އޭނާ މި ފަހަރު ވެސް ފެނިގެން ދާނީ މަޝްހޫރު އަދި އެހާމެ ތަޖުރިބާކާރު އެކްޓަރުންނާ އެކުގަ އެވެ. އޭގެ ތެރޭގައި ނިއުމާ މުހައްމަދު، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު ފަރީލާ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި ޒީނަތު އައްބާސް ހިމެނެ އެވެ.

"މިއީ ހަމަ ޓިޕިކަލް ލޯބީގެ ފިލްމެއް. އެކަމަކު ފިލްމްގެ ނެރޭޝަނާއި ސްކްރީންޕްލޭގައި ހުންނާނެ ބަލާލާ ހިތްވާ ކަހަލަ ތަފާތު ރީތި ގޮތެއް،" ރ. އުނގޫފާރުގައި 2011 ގައި ޝޫޓް ކުރި ފިލްމާ ބެހޭ ގޮތުން މުއާ ބުންޏެވެ. "މީގެ ސްޓޯރީލައިނަށް ބަލާ ކަމަށް ވަންޏާ ހަމަ ވަރަށް ފުރިހަމަ ސްޓޯރީއެއް ފެނިގެން ދާނެ."

މުއާ ބުނީ "ވީ ބޭވަފާ" ގައި އޭނާ ފެނިގެން ދާނީ "ވަރަށް ޑީސަންޓް" އަދި ވަރަށް ޒިންމާދާރު" މީހެެއްގެ ކެރެކްޓާ އިން ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ކުޅެވިފައިން ރޯލާ ދޭތެރޭ. އަދި ބޭނުންވި ވަރަށް މަސައްކަތް ވެސް ކުރެވިފައި ހުރީ،" އަންނަ ހަފުތާގެ ތެރޭގައި ޑަބިން ފަށާނެކަން ފާހަގަކޮށް މުއާ ބުންޏެވެ.

މުއާ ބުނީ ޒަމާންގަނޑަކަށް ފަހު އޭނާގެ ފިލްމެއް ސްކްރީނަށް އަންނާތީ އެ ހިތްހަމަޖެހުން ވެސް އެބަ އޮތް ކަމަށެވެ.

"އެކަމަކު މިއީ ކުރިން ކުރެވިފައި އޮތް މަސައްކަތަކަށް ވިޔަސް، ވަރަށް ބުރަކޮށް، ވަރަށް ފުރިހަމަ އަށް މުޅި ޓީމުން ވެސް ކޮށްފައި އޮތް މަސައްކަތެއް. އަދި މީތި ރިލީޒް ނުވެ ދިގުލައިގެން ގޮސްފައި އޮތަސް، މިހާރު ސްކްރީނަށް އަންނަ އިރު، މާ ބޮޑު ތަފާތެއް ފިލްމަކުން ފާހަގައެއް ނުކުރެވޭނެ. އެއީ މިސާލަކަށް އެކްޓަރުންގެ ލުކަށް ބެލިޔަސް،" އޭނާ ބުންޏެވެ. "އަހަރެން ފިލްމަކުން ނުފެންނާތީ ސުވާލު ކުރާ ފޭނުންނަށް ވީ ބޭވަފާއަކީ ވެސް ކޮންމެވެސް ކަހަލަ ޖަވާބަކަށް ވާނެ ކަމަށް މި ބަލަނީ."

މުއާ ބުނީ "ވީ ބޭވަފާ" އަކީ އިބްރާހީމް ވިސާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަނަށް ވިޔަސް ޓެކްނިކަލް ގޮތުން ފިލްމް މާ ބޮޑަށް ވެސް ރަނގަޅު ވާނެ ކަމަށެވެ.

"ޑައިރެކްޝަނަށް ކަނޑި އަލެކޭ ނުބުނެވޭނެ. ވަރަށް އެނގިގެން އޭނަ މީގެ މަސައްކަތްކޮށްފައި ހުރީ. އެހެންވީމާ ޓެކްނިކަލީ ވެސް ފިލްމް ރަނގަޅު ވާނެ،" އޭނާ ބުންޏެވެ.

މުއާ ބުނީ ފިލްމްތަކުން އޭނާ ނުފެންނަކީ ކޮންމެހެން މިހާރު ފިލްމް ކުޅުމާ ދުރުގައި ހުންނާތީ ނޫން ކަމަށެވެ.

"ވާ ގޮތަކީ ކޮންމެ ކޮންމެ އެއްޗެއް ކުޅެން ބޭނުން ނުވަނީ. ހިތްހަމަޖެހޭ ކަހަލަ ރަނގަޅު ރޯލެއް ކުޅެން ލިބިއްޖެއްޔާ ހަމަ ކުޅޭ މި ހުރީ،" ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުގައި މިހާރު ހުރި އެކްޓަރު ބުންޏެވެ.