ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި
ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ވ. ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިދިއަ އޮކްޓޯބަރު މަހު ހަވާލުކުރި މަޝްރޫއުގެ ދަށުން 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖަހާނެ އެވެ.

އެމްޓީސީސީން ބުނީ، 18.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި 429 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ވެސް ހަދާނެ ކަމަށެވެ.

ރާއްޖޭގެ އުމުރާނީ ތަރައްގީގެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ އެމްޓީސީސީން ގިނަ ރަށްތަކެއްގެ ބަނދަރާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ބައެއް މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް، އެ ކުންފުނިން ބުނީ ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތަކެއް ބާރަށް ކުރިއަށް ދާ ކަމަށެވެ.