06 އޯގަސްޓް 2020 - 08:27

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން މާސްކް އަޅާށޭ ބުންޏަސް މިކަމަށް ފަރުވާލެއް ނުބަހައްޓާ މީހުން ބައިވަރެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މާހިރުން ހުއްޓުމެއް ނެތި ތަކުރާރު ކުރައްވާ އިލްތިމާސަކީ މިއެވެ. މާސްކް އެޅުމުން ތިމާއަށް ރައްކާތެރިކަން ލިބުމުގެ އިތުރަށް އެހެން މީހުންނަށް ވެސް ތިމާގެ ފަރާތުން ރައްކާތެރިކަން ލިއްބައިދެ އެވެ.
މާސްކް އަޅަން ޖެހެނީ ވަރަށް މުހިއްމު ސަބަބުތަކާ ހެދި އެވެ. ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަސް އެންމެ ފަސޭހައިން އަދި އެންމެ ބޮޑަށް ފެތެރުނީ ވެސް ނޭވާލާއިރާއި އަނގަ އާއި ނޭފަތުން ނުކުންނަ ތިކިތަކުގެ ޒަރީރާއިންނެވެ. މާސްކް އަޅާށޭ ބުނަނީ މި ތިިކިތަކުން ރައްކާތެރިކަން ހޯދުމަށެވެ.
މާސްކް އެޅުމުން އަނގަޔާއި ނޭފަތުން ބޭރުވާ ތިކިތައް އެހެން މީހުންނަށް ފޯރުން ހުއްޓުވައިދެ އެވެ. ގައިދުރުކުރާށޭ ވެސް ބުނަނީ މި ސަބަބާ ހުރެ އެވެ. މާސްކް ނާޅައި ހުރެ ވާހަކަ ދައްކައި، ކެއްސައި ކިނބިހިއަޅާ ނަމަ ބޭރުވާ ތިކިތައް ގާތްގަނޑަށް އަށް މީޓަރެއްހާ ދުރުމިނަށް ފޯރުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ވެސް ދައްކަ އެވެ. އެކަމަކު މާސްކް އަޅާނަމަ އެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. އެހެންވެ މާސްކް އަޅަންްވީ ތިމާ އާއި އެހެން މީހުންގެ ރައްކަލަށެވެ.
ދެން މި ވީޑިއޯ ބަލާށެވެ.