އެފްއޭއެމް އިންތިހާބުގައި މާޒިޔާގެ ތާއީދު ޓޮމް އަށް
އެފްއޭއެމް އިންތިހާބުގައި މާޒިޔާގެ ތާއީދު ޓޮމް އަށް

އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދުކުރަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ނިންމައިފި އެވެ.

އެފްއޭއެމް އިންތިހާބުގައި މާޒިޔާގެ ތާއީދު ޓޮމް އަށް
އެފްއޭއެމް އިންތިހާބުގައި މާޒިޔާގެ ތާއީދު ޓޮމް އަށް

މާޒިޔާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުން ދެކޭ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަނެ ކުރިއަށް ގެންދެވޭނީ ތޯރިގަށް ކަމަށެވެ.

"ދިވެހި ފުޓްބޯޅަ ކުރިއަށް ގެންގޮސްް، އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ ތޯރިގަށް. ތޯރިގަށް މި އިންތިހާބު ކާމިޔާބު ކޮށްދޭން މި ކްލަބަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" މާޒިޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މާޒިޔާ އިން ބުނީ ތޯރިގާ އެކު އިންތިހާބުގައި ވާދަކުރައްވާ ބައްސާމް އަދީލް ޖަލީލް އަކީ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެކަމަކު އިންތިހާބުގައި ބައްސާމް ވާދަކުރައްވާ ނިޔަތާ މެދު އެ ކްލަބުން ވަނީ ސުވާލު އުފައްދައިފަ އެވެ.

މޭ މަހު ބޭއްވި އިންތިހާބަށް ފަހު އެފްއޭއެމްގެ ރައީސްކަން ކާމިޔާބުކުރެއްވި ތޯރިގުގެ މަގާމް ގެއްލި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އޭނާއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

ނޮވެމްބަރު 20 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް ތޯރިގް ފޯމު ހުށަހެޅީ 21 ކްލަބުގެ ތާއީދާ އެކު އެވެ.