އާމް އެމެރިކާގެ އެމްވީޑިއާ އަށް ވިއްކުމާ ދެކޮޅަށް ނުކުމެއްޖެ
އާމް އެމެރިކާގެ އެމްވީޑިއާ އަށް ވިއްކުމާ ދެކޮޅަށް ނުކުމެއްޖެ

މީގެ ހަތަރު އަހަރު ކުރިން ޖަޕާނުގެ ސޮފްޓްބޭންކުން ގަނެފައިވާ އަދި އިނގިރޭސިވިލާތުގައި ހެޑްކުއާޓަރު ހުންނަ އާމް ލިމިޓެޑް، އެމެރިކާ އަށް ވިއްކައިލުމަކީ ބޮޑު ގޯހަކަށްވާނެ ކަމަށާއި މިކަން އިނގިރޭސި ސަރުކާރުން ހުއްޓުވަން ޖެހޭ ކަމަށް އާމް ވުޖޫދަށް ގެނައުމުގައި ހިއްސާވި ޑރ. ހާމަން ހޯޒާ ވިދާޅުވެއްޖެ އެވެ.

އާމް އެމެރިކާގެ އެމްވީޑިއާ އަށް ވިއްކުމާ ދެކޮޅަށް ނުކުމެއްޖެ
އާމް އެމެރިކާގެ އެމްވީޑިއާ އަށް ވިއްކުމާ ދެކޮޅަށް ނުކުމެއްޖެ

އޭނާ ވިދާޅުވީ މީގެ 29 އަހަރު ކުރިން ނޮވެމްބަރު 27، 1990 ގައި ވުޖޫދަށް އައި ކޮމްޕިއުޓަ ޕްރޮސެސަ ކުންފުނި އެމެރިކާގެ އެންވީޑިއާ ކޯޕަރޭޝަނަށް ވިއްކާލުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށާއި މިކަން އިނގިރޭސިން ސަރުކާރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އާމަކީ އިނގިރޭސިންގެ ތާޖުގައި ހިމެނޭ މުތެއްގެ ގޮތުގައި ސިފަކުރައްވަމުން ވިދާޅުވީ އެއީ އަލުން މިނިވަން މުސްތަގިއްލު އިނގިރޭސި ކުންފުންޏަކަށް ވެސް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މުއާމަލާތް ހުއްޓުވަން އިނގިރޭސި ސަރުކާރުގެ ވަޒީރުން ވެސް ނުކުންނަން ޖެހޭ،" ބީބީސީ އަށް ހާމަން ވިދާޅުވި އެވެ. "އެމެރިކާގެ އެންވީޑިއާ އަށް އާމް ވިއްކައިލުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށްވާނީ. އަދި މިއީ އިނގިރޭސި ޓެކްނޮލޮޖީ އަށް ވެސް ލިބޭ ދެރައެއް."

އޭނާ ވިދާޅުވި ގޮތުގައި އާމްގެ ކޮންޓްރޯލް އިނގިރޭސިވިލާތަށް ގެއްލުމަކީ ވަރަށް ހިތާމަކުރާނެ ކަމެކެވެ. ނަމަވެސް ކުންފުނި އެމެރިކާ އަށް ވިއްކާނުލައި، އެ އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކެއް ވެސް އެބަހުރި ކަމަށާއި އެކަންކަމާ ދޭތެރޭ އިނގިރޭސި ސަރުކާރުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަހަރެން ވަރަށް ދެކެން ބޭނުން އާމަކީ ލަންޑަނުގެ އިތުރުން ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖް [ހިއްސާގެ ބާޒާރު] ގައި ވެސް ލިސްޓްކުރެވިފައިވާ ކުންފުންޏަކަށްވާން. މިއީ ފައިސާ އަށް ވުރެ ބޮޑަށް އިންޑަސްޓްރިއަލް ސްޓްރެޓެޖީގެ ތެރެއިން ވިސްނަން ޖެހޭ ކަމެއް." ހާމަން ވިދާޅުވި އެވެ.

ހާއްސަކޮށް މޮބައިލް ޑިވައިސްތަކަށް ބޭނުންވާ ގްރެފިކްސް ޗިޕް ޑިޒައިންކުރާ އާމް ޖަޕާނުގެ ސޮފްޓްބޭންކަށް ވިއްކައިލީ 2016 ގަ އެވެ. އެއީ 24 ބިލިއަން ޕައުންޑް (31.4 މިލިއަން ޑޮލަރު) އަށެވެ.

އެތަނުން މިހާރު އަންނަނީ އެމެރިކާގެ އެމްވީޑިއާ އަށް އާމް ވިއްކައިލަން މަޝްވަރާކުރަމުންނެވެ. އާމް ވިއްކައިލަން މަޝްވަރާކުރެވެނީ 32 ބިލިއަން ޑޮލަރަށެވެ.

އާމްއާ އެއްގޮތަށް އެމްވިޑިިއާ އަކީ ވެސް ގްރެފިކް ޗިޕް ޑިޒައިންކުރާ ކުންފުންޏެކެވެ. އެއީ ގޭމިން މެޝިންތަކަށާއި ބާރުގަދަ ކޮމްޕިއުޓަރުތަކަށް އަދި ލެޕްޓޮޕްތަކަށެވެ. އަދި މި ނޫނަސް ޓެކްނޮލޮޖީއާ ގުޅުން ހުރި ހާޑްވެއާ އާއި ސޮފްޓްވެއާގެ މަސައްކަތްތައް، އެންވީޑިއާ އިން ކުރެ އެވެ.