25 އޮކްޓޯބަރ 2016 - 05:47

ފެޝަން އާއި ބިއުޓީ އަކީ ފަހަކަށް އައިސް އެމީހެއްގެ އަމިއްލަވަންތަކަން ދައްކުވައިދޭ ވަސީލަތަކަށް ވެއްޖެ އެވެ. އިހުގެ ސްޓައިލް ގަވާއިދުތައް ތަފާތު ގޮތަކަށް ބަދަލު ކޮށްލައިފި އެވެ. ޒަމާނީ ގޮތަކަށް ހެދުމާއި އެކްސެސަރީޒް ގުޅުވާނެ ގޮތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައާރަފު ކޮށް އަމަލު ކުރަން ފަށައިފި އެވެ. އޭގެ ތެރެއިން ބައެއް ގޮތްތައް ހިއްސާކޮށްލާނަމެވެ.

މިއީ އިހުގެ ސްޓައިލް ގަވައިދަކަށް ވެއްޖެ އެވެ. ފަހުގެ ފެޝަން ވީކްތަކުންއާއި އެކި ފެޝަން މަޖައްލާތަކުން ވެސް ބޫޓާއި އަތްދަބަހުގެ ކުލަ ތަފާތުކޮށްފައި ހުންނަކަން ފާހަގަވެ އެވެ. ފިޔާތޮށިކުލައިގެ ބޫޓަކާ އެކު ފިޔާތޮށި އަތްދަބަހެއް ގުޅުވާކަށް ނުޖެހެ އެވެ. އަތް ދަބަހުގެ ކުލަ އާއި އޭގައި ހުންނަ ޓެކްސްޗާ ތަފާތު ކޮށްލާށެވެ. އަދި ބޫޓު ވެސް ތަފާތު ރީތި ސްޓައިލަކުން ގުޅުވާލުމުން، އެންމެ އާދައިގެ ހެދުން ވެސް ޒަމާނީވެ ރީތި ވާނެ އެވެ.

ބުރުގާ، ޓޮޕް، ތިރި، ބޫޓު އަދި އަތްދަބަސް އެއް ކުލައަކުން ގުޅުވާލުމަކީ ފަހުގެ ސްޓައިލެވެ. ޒަމާންތަކެއް ކުރިން މިއީ "ސްޓައިލް ކުށެއް" ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ނަމަވެސް މިހާރު މަތިން ތިރިއަށް ކަޅު ނުވަތަ އެނޫން ކުލައެއް ލުމަކީ ޒަމާނީ ގޮތަކަށް ވެއްޖެ އެވެ. މިގޮތަށް ސްޓައިލް ކޮށްލާއިރު ވިސްނަން ޖެހޭ ކަމަކީ ބޭނުންކުރާ ކުލައެއްގެ އެކި ޝޭޑުތައް ގުޅުވާލުމެވެ. އެއް ކުލައެއްގެ ގަދަ ޝޭޑާއި މަޑު ޝޭޑުން ހެދުމާއި އެކްސެސަރީޒް ގުޅުވާލަން ސަމާލުވާށެވެ.

ތަނޑި އާއި އަނގޮއްޓި އަޅާއިރު ހަމައެކަނި ރިހި ކުލައިން، ރަން ކުލައިން ނުވަތަ އެއް ކުލައަކުން އެޅުމަކީ އިހުގެ ގޮތެކެވެ. އެމީހަކަށް ކަމުދާ ޒާތެއްގެ ގަހަނާ އެކި ކުލައިން އަޅާލެވިދާނެ އެވެ. ގަހަނާ އަޅާއިރު އޭގެ އެކި ވައްތަރުތައް ގުޅި ލާމެހޭ ގޮތަށް ސްޓައިލް ކޮށްލައިފި ނަމަ ވަރަށް ނަލަ ވާނެ އެވެ.

އޮފީހަށް ނުވަތަ މިނޫން ވެސް ރަސްމީ މުނާސަބަތަކަށް އަންހެން ކުދިން އާއްމުކޮށް ތުންފަތުގައި ޖައްސަނީ މަޑު ކުލަ އެވެ. ގަދަ ޕްލަމް، ރަތް ފަދަ ކުލަތަކަކީ ކޮންމެ ހެދުމަކާ އަދި ގިނަ މުނާސަބަތުތަކާ ގުޅޭ ވައްތަރުގެ ލިޕްސްޓިކް ކުލަ އެވެ. އޮފީހަށް ވެސް ކަޅު ނޫން ރަތް އަދި ފިޔާތޮށީގެ އެންމެ ގަދަ ކުލަތައް ޖައްސާލުމަކީ ޒަމާނީ އޮފީސް ސްޓައިލެކެވެ. ތުންފަތުގައި ގަދަ ކުލައެއް ޖައްސާނަމަ އައިމޭކަޕް އަދި ބްލަޝް މަޑު ކުލައެއްގަ އަދި އާދައިގެ ގޮތަކަށް ބަހައްޓަން ސަމާލުވުން ބުއްދިވެރި އެވެ.
އެކި މީހުންނަށް ރީތި ވަނީ އެކި ވައްތަރުގެ ކުލަ އާއި ސްޓައިލުގެ ހެދުމާއި އެކްސެސަރީޒް އެވެ. ވީމާ ގަދަ ކުލައަށް ލޯބި ކުރާ މީހުންނަށް މިއީ ވަރަށް އުފާވެރި ހަބަރެކެވެ. ގަދަ ކުލައިން ސްޓައިލް ކޮށްލާއިރު ކުލަ ގެންގުޅޭ ގޮތާ މެދު ސަމާލުވުމުން އެމީހެއްގެ ސްޓައިލް ހިތްގައިމުވެފައި ޒަމާނީ ވާނެ އެވެ.