ގިނަ އަދަދެއްގެ ބިއްލޫރި އަރުވައިގެން ދިޔަ ލޮރީއެއް ފުރޮޅާލައިިފި
ގިނަ އަދަދެއްގެ ބިއްލޫރި އަރުވައިގެން ދިޔަ ލޮރީއެއް ފުރޮޅާލައިިފި

ގިނަ އަދަދެއްގެ ބިއްލޫރި ޝީޓްތަކެއް އަރުވައިގެން، މާލޭ އިއްޒުންދީން މަގުން ދަތުރުކުރި ޕިކަޕެއް މިއަދު ފޮރޮޅާލައިފި އެވެ.

ގިނަ އަދަދެއްގެ ބިއްލޫރި އަރުވައިގެން ދިޔަ ލޮރީއެއް ފުރޮޅާލައިިފި
ގިނަ އަދަދެއްގެ ބިއްލޫރި އަރުވައިގެން ދިޔަ ލޮރީއެއް ފުރޮޅާލައިިފި

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ހައުސިން މިނިސްޓްރީ ކައިރިން، ނަލަ ހިޔާގެ ލޮރީ ފޮރޮޅާލީީ ބިއްލޫރިތައް އެއްފަރާތަކަށް ޖެހުމުންނެވެ. އެވަގުތު ލޮރީ އަރިއަޅާލުމާ އެކު ޑްރައިވަރު ވަނީ ލޮރީގެ ދޮރު ހުޅުވާލައި ފުންމާލައިފަ އެވެ.

ޑްރައިވަރަށް ގެއްލުމެއް ނުލިބުނަސް އޭގައި ހުރި ގިނަ އަދަދެއްގެ ބިއްލޫރި ޝީޓުތައް ތެޅުނެވެ. އަދި އެއީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ކަމަށް، މަންޒަރު ދުށް މީހުން ސިފަކުރެ އެވެ.

"އަސްލު މިއީ މީހެއްގެ ފުރާނަ ދާވަރުގެ އެކްސިޑެންްޓެއް. ލޮރީ އަރިއަޅާލި ވަގުތު އޭގެ ކައިރިން ސައިކަލެއް ދިޔަ ނަމަވެސް ސަލާމަތެއް ނުވެވުނީސް،" މަންޒަރު ދުށް މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބިއްލޫރި ޝީޓްތައް ހުރީ ވަރަށް ރަނގަޅަށް ބަނދެފަ އެވެ.

ގިނަ އަދަދެއްގެ މުދާ އަރުވައިގެން ލޮރީތައް ދަތުރުކުރާއިރު ވަރަށް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެ އެވެ. ގިނަ ފަހަރަށް އެފަދަ އެކްސިޑެންޓް ހިނގާއިރު ހުންނަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ނާޅަ އެވެ.