އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލިޖެހިދާނެ: ދިރާސާ
އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލިޖެހިދާނެ: ދިރާސާ

ކުރިއަށް އޮތް އޮގަސްޓް މަހު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވާލަކު 170 އަށް އަރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދި ޕްރޮޖެކްޝަން އިން ދައްކައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ އޮގަސްޓް މަހު ކޭސްތައް ވަރަށް ބޮޑަށް މަތިވާނެ ކަމަށް ލަފާކުރުންތަކުން ދައްކާ ކަމަށެވެ.

ޖުލައި 71

އޮގަސްޓް 170

ސެޕްޓެމްބަރު 105

އޮކްޓޯބަރު 68

ނޮވެމްބަރު 29

ޑިސެމްބަރު 18

ޑރ. ޝީނާގެ ލަފާކުރުންތަކުން ދައްކާ ގޮތުން ބަލިޖެހޭ މީހުން ޖުލައި މަހު 997 އަށް އަރާއިރު އޮގަސްޓް މަހު 2،373 އަށް އަރާނެ އެވެ. ސެޕްޓެމްބަރު މަހު 1،454 މީހުންނަށް ބަލިޖެހޭ އިރު އޮކްޓޯބަރު މަހު 945 އަދި ނޮވެމްބަރު މަހު 409 މީހުންނަށް ބަލިޖެނޭ ކަމަށް ލަފާކޮށްފައިވެ އެވެ. ޑިސެމްބަރު މަހު ބަލިޖެހޭނެ ކަމަށް އަންދާސާކޮށްފައި ވަނީ 254 މީހުންނަށެވެ. ޖުލައި މަހު އެވްރެޖްކޮށް ހަތް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ އިރު އޮގަސްޓް މަހު 16 މީހުން، ސެޕްޓެމްބަރު މަހު 10، އޮކްޓޯބަރު މަހު 6، ނޮވެމްބަރުގައި 3 އަދި ޑިސެމްބަރު މަހު 2 މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ޕްރޮޖެކްޝަންސްގައި ލަފާކޮށްފައިވެ އެވެ.

މާޗް 7 އިން މެއި 2 އަށް: 56 ދުވަސް

މެއި 2 އިން މެއި 15 އަށް : 13 ދުވަސް

މެއި 15 އިން މެއި 28 އަށް: 13 ދުވަސް

މެއި 28 އިން 12 ޖޫން އަށް: 15 ދުވަސް

ޖޫން 12 އިން 7 ޖުލައި އަށް: 25 ދުވަސް

ޖުލައި 7 އިން ޖުލައި 21 އަށް: 14 ދުވަސް

ޖުލައި 21 އިން ޖުލައި 28 އަށް: 7 ދުވަސް