މާލޭގައި ހެދި ފިނި މައިޒާންތަކެއް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
މާލޭގައި ހެދި ފިނި މައިޒާންތަކެއް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

ހިތްފަސޭހަ މައިޒާނުގެ ގޮތުގައި މާލޭގައި ތަރައްގީ ކުރި ތިން ސަރަހައްދެއް ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.

މާލޭގައި ހެދި ފިނި މައިޒާންތަކެއް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
މާލޭގައި ހެދި ފިނި މައިޒާންތަކެއް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ރައީސް ޔާމީން ހުޅުއްވައި ދެއްވީ، ކާނިވާ ސަރަހައްދުގައި ހެދި އިސްކަންދަރު މައިޒާނާއި ސޯސަން މަގު، ސޯސަންގޭ ކަންމަތީގައި ހެދި ރެހެންދި މައިޒާނުގެ އިތުރުން ޗާނދަނީ މަގާއި ލިލީ މަގު ގުޅޭ ސަރަހައްދުގައި ހެދި ހިއްތަން މައިޒާނެވެ.

މާލޭގައި ހެދި ފިނި މައިޒާންތަކެއް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
މާލޭގައި ހެދި ފިނި މައިޒާންތަކެއް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނި ގޮތުގައި ޕާކުތައް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ޔާމީން ވަނީ އިސްކަންދަރު މައިޒާން ބައްލަވާލައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެ ޕާކުތަކަކީ އުމްރާނީ ތަރައްގީގެ ތެރެއިން އިޖުތިމާއީ ދުޅަހެޔޮކަން ހޯއްދައި ދޭން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

އެ ތިން މައިޒާނަކީ ވެސް އިޖުތިމާއީ ޒިންމާގެ ތެރޭގައި ހިމަނައިގެން، ހައުސިން މިނިސްޓްރީއާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ތަރައްގީ ކުރި ތަންތަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ތިން ސަރަހައްދު ތަރައްގީކޮށްފައިވާ ގޮތުގެ ތިން ފޮޓޯ އަލްބަމެއް ރައީސަށް ވަނީ އަރުވައިފަ އެވެ.