ކޮވިޑް-19: ހަތަރު ދުވަހުން އެއް މިލިއަން މީހުންނަށް ބަލިޖެހިއްޖެ
ކޮވިޑް-19: ހަތަރު ދުވަހުން އެއް މިލިއަން މީހުންނަށް ބަލިޖެހިއްޖެ

ޖެނީވާ (ޖުލައި 27) - ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރި، ވޭތުވެދިޔަ ހަތަރު ދުވަސްތެރޭ އެއް މިލިއަން މީހުންނަށް އަލަށް ބަލިޖެހިފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ވަނީ 16.42 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 652,343 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10 މިލިއަނަށް އަރއިފަ އެވެ. އެހެންވެ މިހާރު ފަރުވާ ދެމުން ދަނީ 5.71 މިލިއަން މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެމެރިކާ އިން 56،130 މީހުން، ބްރެޒިލުން 53،000 މީހުން އަދި އިންޑިއާ އިން ވަނީ 50،525 މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 221،260 މީހުންނަށް އަލަށް ބަލިޖެހި، 4،303 މީހުން މަރުވެފަ އެވެ.

1. އެމެރިކާ: ޕޮޒިޓިވްވި: 4,371,839 މަރުވި: 149،849

2. ބްރެޒިލް: 2,419,901: 4,371,839 މަރުވި: 87،052

3. އިންޑިއާ: ޕޮޒިޓިވްވި: 1,437,976 މަރުވި: 32,826

4. ރަޝިޔާ: ޕޮޒިޓިވްވި: 812,485 މަރުވި: 13,269

5. ސައުތު އެފްރިކާ: ޕޮޒިޓިވްވި: 445,433 މަރުވި: 6,769

6. މެކްސިކޯ: ޕޮޒިޓިވްވި: 390,516 މަރުވި: 43,680

7. ޕެރޫ: ޕޮޒިޓިވްވި: 384,797 މަރުވި: 18,229

8. ޗިލީ: ޕޮޒިޓިވްވި: 345,790 މަރުވި: 9,112

9. ސްޕޭން: ޕޮޒިޓިވްވި: 319,501 މަރުވި: 28,432

10. ޔޫކޭ: ޕޮޒިޓިވްވި: 299,426 މަރުވި: 45,752