ކޮވިޑް-19: 30 ސިކުންތުން ނަތީޖާ ލިބޭ ޓެސްޓެއް
ކޮވިޑް-19: 30 ސިކުންތުން ނަތީޖާ ލިބޭ ޓެސްޓެއް

ތެލް އަވީވް (ޖުލައި 25) - ކޮވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް، 30 ސިކުންތުން ނަތީޖާ ލިބޭ ޓެސްޓެއް ހެދުމުގެ މަސައްކަތް އިޒްރޭލުގެ ކުންފުންޏަކުން ފަށައފި އެވެ.

ކޮވިޑް-19: 30 ސިކުންތުން ނަތީޖާ ލިބޭ ޓެސްޓެއް
ކޮވިޑް-19: 30 ސިކުންތުން ނަތީޖާ ލިބޭ ޓެސްޓެއް

ޓެސްޓް ކިޓް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޯސެންޓުން އިޒްރޭލުގައި ހެދި ޓްރަޔަލްތަކުގެ ނަތީޖާ 85 ޕަސެންޓް ދިމާވާ ކަމަށްވެ އެވެ. އަދި އެ ކުންފުނީގެ އުފެއްދުމަށް ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ. އެއީ އެއް ނާފަތް ފިއްތާލުމަށް ފަހު އަނެއް ނޭފަތުން "އެއާ ޓްރެޕަކަށް" ނޭވާލައިގެން ހަދާ ޓެސްޓެކެވެ.

ސެނޯސެންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އޮރެން ގަވްރިއެލީ ވިދާޅުވީ ކޮރޯނާވައިރަހާ ދެކޮޅަށް އިންވެސްޓް ކުރުމުގެ ޚިޔާލު އައީ ޖެނުއަރީ މަހު އޭނާ އެމެރިކާ އަށް ކުރެއްވި ދަތުރަކަށް ފަހު ކަމަށެވެ. އޭރު ވައިރަސް ފެތުރެމުން ދިޔައީ އޭޝިއާގަ އެވެ. އޭނާ ވިދާޅުވީ އަވަސް ޓެސްޓަކުން ނަތީޖާ ހޯދުމުގެ ރިސާޗުގައި ބެލީ ނޭވާގެ ވަހާއި ޕެޓާން އަށް ކަމަށެވެ.

ގަވްރިއެލީ ވިދާޅުވީ އެ ކުންފުނިން އިޖާދުކުރި ޓެސްޓް، ކޮންސެޓްތަކާއި ހޮސްޕިޓަލް އަދި ސްޓޭޑިއަމް ފަދަ ތަންތަނަށް ވަންނަ އިރު ބޭނުން ކުރެވޭނެ ކަމަށެވެ. މި ޓެސްޓް ހެދި ނަމަވެސް ލެބްތަކުން ވެސް ޓެސްޓް ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޭވާލައިގެން މި ހަދާ ޓެސްޓުން ޕޮޒިޓިވްވެއްޖެ ނަމަ އެ މީހަކު ލެބް ޓެސްޓަކަށް އޮޓޮމެޓިކުން ފޮނުވާލަން ޖެހޭނެ،" ގަވްރިއެލީ ވިދާޅުވި އެވެ.

އިޒްރޭލުގެ ކުންފުނީގެ ޓެސްޓެއްގެ އަގަކީ 10 ޑޮލަރެވެ.

އިޒްރޭލުން ވަނީ ކޮރޯނާވައިރަހަށް 59,475 މީހުން ޕޮޒިޓިވްވެ 448 މީހުން މަރުވެފަ އެވެ.