އައިޝްވަރިޔާ އާއި ރަންބީރުގެ މަންޒަރުތަކެއް ނުކަނޑަން: ކަރަން
އައިޝްވަރިޔާ އާއި ރަންބީރުގެ މަންޒަރުތަކެއް ނުކަނޑަން: ކަރަން

"އޭ ދިލް ހެ މުޝްކިލް"ގައި ހިމެނޭ އައިޝްވަރިޔާ ރާއީ އާއި ރަންބީރު ކަޕޫރުގެ ގައިގޯޅި މަންޒަރުތަކެއް ކަނޑާލަން ސެންސަރު ބޯޑުން އެންގި ކަމަށް ދެކެވޭ ވާހަކަތަކަށް ފިލްމުގެ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ޖަވާބު ދީފި އެވެ.

ކަރަން ބުނި ގޮތުގައި ރަންބީރު-އައިޝްވަރިޔާ ޓްރެކްގެ އެންމެ ތަންކޮޅެއް ވެސް ކަނޑައެއް ނުލަ އެވެ.
ކަރަން ބުނީ ސެންސަރު ބޯޑަށް ވެސް ފިލްމުގެ ރަހަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެހެންވެ ފިލްމުގެ ވާހަކައަށް އުނިކަން ލިބޭ ކަހަލަ އެއްވެސް މަންޒަރެއް ކަނޑާލަން ނާންގާ ކަމަށެވެ.

ސެންސަރު ބޯޑުން މި ފިލްމުގެ އުނިކުރަން ޖެހޭ މަންޒަރުތައް ފާހަގަކޮށް ދީފައިވާ ލިސްޓް ވެސް މިއަދު އިންޑިއާގެ ނޫސްތަކަށް ވަނީ ލީކުވެފަ އެވެ. ބައެއް މަންޒަރުތަކުގެ އިތުރުން ހުރީ ބައެއް ކަހަލަ ޑައިލޯގަށް ބަދަލު ގެންނަން އަންގައިފަ އެވެ.

އަންނަ ހުކުރު ދުވަހު މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމު އިންޑިއާ އާއި ވަރަށް ގިނަ ގައުމުތަކުގައި އެ ދުވަހު ރިލީޒްކުރާނެ އެވެ.