23 ޖުލައި 2020 - 22:39

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 17 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހެއްގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ގައި 15 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް ފަރުވާ ދެމުން ދަނީ 626 މީހުންނަށެވެ. އޭގެ ތެރެއިން ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 501 މީހެކެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހި ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ. ކުރިން މާލެ ސަރަހައްދު ލޮކްޑައުންކޮށް، މަގުތަކަށް މީހުުން ނިކުތުން މަނާ ކުރިޔަސް، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދަނީ ލުއިތައް ދެމުންނެވެ.