ޗައިނާ އަށް ދާ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަން އޭޑީކޭ ހަމަޖައްސައިފި
ޗައިނާ އަށް ދާ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަން އޭޑީކޭ ހަމަޖައްސައިފި

ރާއްޖެއިން ޗައިނާއަށް ދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.

ޗައިނާ ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ އެ ގައުމަށް ދަތުރުކުރާ މީހުން، އެ ގައުމަށް ދިއުމުގެ ކުރިން އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ގޮތަށެވެ. އެހެންވެ، ޗައިނާއަށް ދާ ފްލައިޓްތަކަށް މީހުން އަރުވަން ޖެހެނީ ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވްވި ކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮން ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެއިން އެ ގައުމަށް ދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސާފައިވާ ކަމަށެވެ.

އޭޑީކޭއަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ފެށި ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ސޮނެވާ ރިސޯޓްސްގެ ފަރާތުން ގެނައި ކޮވިޑަށް ޓެސްޓްކުރާ މެޝިން ރާއްޖެ ގެނެސް، އެތަނުގައި ކޮވިޑަށް ޓެސްޓް ސެންޓަރު ހިންގަނީ ވެސް އޭޑީކޭއިންނެވެ.