ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދައުވާކޮށްފި
ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދައުވާކޮށްފި

ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދައުލަތުން ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އުމުރުން 17 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ހއ. ފިއްލަދޫ ޝެޑޯޒް، އަހުމަދު އައްތަފްގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ޖިންސީ ނިޔަތެއްގެ އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ދާދިފަހުުން ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އެކި މީހުންނަށް ވަނީ ދައުވާކޮށްފަ އެވެ.