ކޮވިޑް-19: އިތުރު 59 ކޭސް، 44 ދިވެހިން
ކޮވިޑް-19: އިތުރު 59 ކޭސް، 44 ދިވެހިން

ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 59 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައި ވަނީ 44 ދިވެއްސަކާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ އެކަކު ކަމަށެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،103 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 2،397 މީހުން ވަނީ ރަނގަޅުވެފަ އެވެ.

މި ބަލީގައި 15 މީހަކު މަރުވެފައިވާއިރު، ފަރުވާދެމުން އަންނަނީ 696 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 478 މީހުންނެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި ބަލީގެ ހާލަތު ކޮންޓްރޯލްވެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިތައް ދީ ހުޅުވާލުމާ އެކު ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.